ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޯސްޓްމޯޓަމަށް ފަހު 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ރާއްޖެ ގެނެސްފި

ފުލުހުންގެ މައި އިދާރާ. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މަރާލާފައި އޮތްވާ ފެނުނު އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މިއަދު ރާއްޖެ ގެނެސްފިއެވެ.

އިންޑިއާގައި ޓްރިވެންޑްރަމްގައި ޕޯސްޓްމޯޓަމް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު މާލެ ގެނައީ މިއަދު ކަމަށް ފުލުހުން ބުނެއެވެެ. ހަށިގަނޑު މާލެ ގެނައުމުގެ ކުރިން ޕޯސްޓްމޯޓަމްގެ ރިޕޯޓް ވެސް އޮތީ ލިބިފަ އެވެ.

މަރާލާފައި އޮތް ރާއިފްގެ ހަށިގަނޑު ހުޅުމާލެ ފޭސް 2 ގެ މޫދުން ފެނިފައިވަނީ ޖޫން 21 ވަނަ ދުވަހުގެ ރޭ 2:38 ހާއިރުއެވެ.

މިމައްސަލައިގައި ފުލުހުން ވަނީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ އިބްރާހިމް ޒިހާން، ނ. ލަންދު ހައްޔަރުކޮށްފައެވެ.

މިމައްސަލައިގައި ޝަރީއަތް ނިމެންދެން ޒިހާން ބަންދުކޮށްފައިވާއިރު އޭނާގެ މައްޗަށް ވަނީ ގަސްދުގައި މީހަކު މެރުން، މާރާމާރި ހިންގުން، ރަހީނު ކުރުން އަދި ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުކޮށްފައެވެ. މި މައްސަލައިގައި ޒިހާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު 17 އަހަރުގެ ކުއްޖާ ވަނީ އިތުރު 13 ދުވަހަށް ބަންދުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: