ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ގޮތުން ރައީސް ސޯލިހާއެކު ހުރެވޭކަށް ނެތް، ކުރިއަށްދާނީ ޕީޕީއެމްއާއެކު: ރައީސް ނަޝީދު

ރައީސް ސޯލިޙާއި ރައީސް ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ހުރެވޭކަށް ނެތް ކަމަށާއި ކުރިއަށްދާން ބޭނުމީ ޕީޕީއެމްއާއެކު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވަޓްސް އެޕް ގްރޫޕްއަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އެއްވެސް ޒާތީ މައްސަލައެއް ނެތް ކަމަށާއި ނަމަވެސް ސިޔާސީ ގޮތުން ރައީސް ސޯލިހްއާއެކު ދެން ނުހުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެކަމުގައި އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމަނުޖެހޭނަމަ ކުރެވޭނެ ކަމެއް ވެސް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައީސް ސޯލިހާއި މައްސަލައެއް ޖެހިގެން ނޫޅުއްވާ ކަމަށާއި އަދި ނުވެސް ޖެހޭނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނާއި މިހާރު ފިކުރީ ގޮތުން ހިޔާލުތަފާތު ކަމަށާއި، ޒާތީ ކަންކަމުގައި އަބަދުވެސް ރައީސް ސޯލިހާއެކު އުޅުއްވާނެ ކަމަށެވެ.

“އަޅުގަނޑުގެ ދަރިންގެ އިބޫ ދޮންބެ އެއީ. އެކަމަކު ދެން ރައީސުލްޖުމްހޫރިއްޔާ އާއި އެކީ ސިޔާސީ ގޮތުން ހުރެވޭކަށް ނެތް” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދުކުރާނަމަ އެ ފަރާތްތަކުގެ އެހީއަށް އެދޭނެ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ އެތެރޭގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީ އޮންނާނެ ކަމަށާ އެ ޕްރައިމަރީގައި ވާދަ ކުރައްވާ ކާމިޔާބު ހޯއްދަވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާ ނިންމާނީ ޕާޓީގެ އެތެރޭގައި ބާއްވާ ޕްރައިމަރީއަކުން ކަމަށެވެ. އެ ޕްރައިމަރީގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށައި ރިޔާސީ އިންތިހާބެއް އެ އަހަރު އޮންނަ ނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނީ އެމަނިކުފާނު ކަމަށްވެސް ވިދާޅުވި އެވެ.

ވެރިކަމުގެ ދެވަނަ ދައުރެއް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހް މިހާތަނަށް ވިދާޅުވެފައި ނުވާ ކަމަށާ ނަމަވެސް އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އެމަނިކުފާނު އަބަދުވެސް ވިދާޅުވަމުން ގެންދަވާ ކަަމަށެވެ.

ވަރަށް ގަދަ
2%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 16%ބޮޑު ޖޯކެއް 76%ހައިރާންވެއްޖެ 1%ވަރަށް ދެރަ 2%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ޕީޕީއެމްގައި ހުރެފަ ރައީސްކަމަށް އެމްޑީޕީއިން ވާދަކޮށްފަ.. ރަނގަޅު ވާނެ. މިއީ އެމްޑީޕީގެ އާދައިގެ މަޖިލިސް މެމްބަރެއް ބުނި ވާހަކައެއް ނަމަ މިހާރު އޮންނާނީ ފިޔަވަޅު އަޅައި ޕާޓީއިން ވަކިކޮށް އެކަމުގެ ތެރޭގައި މަޖިލިސް ގޮނޑިވެސް ގެއްލިފަ. އަންނި ރަނގަޅު ވާނެ 2023 ގަ ޕީޕީއެމް ޕްރައިމަރީގައި ވާދަ ކުރަން. ޔާމީން ވާދަ ކުރާނީ އެމްޑީޕީ ޕްރައިމަރީގަ. އޭރުން ފުރިހަމަ ވީދެން

  2. އަންނިއަށް ދެން ވެރިކަމަކަށް ނޭރޭނެ. ރާއްޖޭގެ އޮންނަ ގޮތަކީ އެއްފަހަރު އަރައިފިޔާ ދެންފައިބާ ގޮތަށް ނޭރުވުން.

  3. ޕީޕީއެމް ކުދިންކޮޅު ހިއްވަރެއްހުރިއްޔާ އަވަހަށް ޕާޓިން ޔާމިނު ކަނޑާލަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: