ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވ. އާރަށު މައްސަލައިން ރައީސް ޔާމީންގެ ވަކީލުން މައްސަލައިން ތަނާޒުލް ވެއްޖެ

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. ޖަމީލް އަދި ވަކީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ނިމިފައި އޮތް ތަހުގީގެއް އަލުން ކުރިއަށް ގެންދަން އުޅުނު ކަމަށް ބުނެ އެމަނިކުފާނުގެ ވަކީލުން ތަހުގީގުގެ މިއަދުގެ މަޖިލީހުން ތަނާޒުލުވެއްޖެ އެވެ.

އެމައްސަލައިގެ ތަހުގީގަށް ރައީސް ޔާމީން މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރީ މެންދުރު 2:00 އަށެވެ. އެމަނިކުފާނާއެކު ވަކީލުންގެ ޓީމު ފުލުސް އޮފީހަށް ހާޒިރުވިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އިސް ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ވ. އާރަށުގެ މައްސައަކީ ބަޔާން ނަގައި އިންޒާރުދީ، ތަހުގީގު ނިންމައި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައެެއް ކަމަށެވެ. ނަމަވެސް އަލުން އެ މައްސަލައިގެ ތަހުގީގު ކުރުމަށް ކަމަށްބުނެ، މިދިޔަ ބުރާސްފަތި ދުވަހާއި، މިއަދު ފުލުހުން ކުރަމުންދަނީ ގާނޫނާ ހިލާފް ކަންތައްތަކެއް ކަަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

އެގޮތަށް އަމަލުކުރަން އުޅުމުން އެކަމުގެ ގާނޫނީ ހުއްޖަތު ދެއްކުމަށާއި، އަދި އެކަމުގެ ސައްހަކަން ކަށަވަރުކުރުމަށް ފުރުސަތު ދިނުމަށް އެދުމުން އެ ފުރުސަތު ފުލުހުން ދީފައި ނުވާ ކަންވެސް ޖަމީލް ފާހަގަކުރެއްވި އެވެ. އަދި ގަދަކަމުން ތަހުގީގު ކުރިއަށް ގެންދަން ފުލުހުން މަސައްކަތް ކުރުމުން މުވައްކިލުގެ ހައްގު ހިމާޔަތް ނުކުރެވޭތީ ރައީސް ޔާމީންގެ ވަކީލުން ވަނީ ތަހުގީގުގެ މިއަދުގެ މަޖިލީހުން ތަނާޒުލު ވެފައި ކަމުގައިވެސް ޖަމީލް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީން މި ދިޔަ ހޮނިހިރު ދުވަހުވެސް ފުލުހަށް ހާޒިރުކޮށްފައިވެއެވެ. އެދުވަހު ވެސް ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގައި ހިމެނޭ ވ. އާރަށް ބަޔަކަށް ކުއްޔަށް ދިނުމުގައި އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ސުވާލުކުރުމަށެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ރައީސް އަބްދުﷲ ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ ދައުވާ ކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: