ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ވާހަކައަށް ވިސްނާ މަޝްވަރާ ކުރުމަށްވުރެ ބޮޑެތި ކަންކަން ޕާޓީއަަށް އެބަހުރި: ޕީޕީއެމް

ޕީއެންސީ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވާހަކައަށް ވިސްނާ މަޝްވަރާ ކުރުމަށްވުރެ ބޮޑެތި ކަންކަން ޕީޕީއެމްއަށް އެބަހުރި ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ އެމްޑީޕީގެ ބައެއް މީހުން ހިތްހަމަނުޖެހުނަސް ކުރާނެ ކަމެއް ނެތް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދުކުރާނަމަ އެ ފަރާތްތަކުގެ އެހީއަށް އެދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދުގެ އެ ވާހަކަފުޅާ ގުޅިގެން ޕާޓީ ތެރޭ އަދި މަޝްވަރާ ނުކުރާ ކަމަށާއި އެއަށްވުރެ މުހިންމު ކަންކަން ޕާޓީއަށް އެބަހުރި ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ބައިބައިވުން އުފެދިފައެވެ. އެގޮތުން ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ކަމަށްވާއިރު އެކަމާއި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އަންނަނީ ދެކޮޅު ހަދަމުންނެވެ.

އެމްޑީޕީ އޮތީ ދެ ބަޔަކަށް ބެހިފައި ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެއީ ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރާ ފަރާތްތަކެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ދުނިޔޭ މޮޔަވެފަ ހުރި ބޮޑު މޮޔައެއް ދާ ވާހަކަ އަށް ރައްދުދޭނީވެސް މޮޔައިން. މިހާރު އެހުރީ ވެރިކަމާހެދި މަރުދަންޖެހިފަ. ބޭނުންވަނީ އުތުރުކޮރެޔާގެ ރައީސްގެ އިއްޒަތުގައި ހަތިޔާރު އެޅި ފައުޖަކާ އެކު ބޮޑެތި ރޭޖްރޯވަރު ތަކުގައި ތަންތަނަށްދާން. މޮގާބޭ ގޮތަށް 30 އަހަރު ވެރިކަން. އެކަމަކު ވﷲ ވަﷲ މި ބުނީ މި ގައުމަކު ނެތޭ ތިބޭޅާ ވެރިކަމަށް ގެންނަން ބޭނުން ހޭޖެހޭ މީހެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: