ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރަށް މައްސަލައިގައި ރައީސް ޔާމީނަށް ދިން ގާނޫނީ އިންޒާރު ގޯސް، އަލުން ފައިލް ހުޅުވީ އެ ސަބަބާއި ހުރެ!

އާރަށުގެ މައްސަލައިގައި ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުން/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްމުން ގެންދަވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާ ރަށުގެ މަައްސަލައިގައި ދެވަނަ ފަހަރަށް ފުލުހަށް ހާޒިރު ކުރީ ތަހުގީގު ނިންމައި، ޕްރޮސެކިއުޓާރ ޖެނެރަލް (ޕީޖީ) އަށް ފޮނުވި މައްސަލައިގައި އެމަނިކުފާނަށް ގާނޫނީ އިންޒާރު ދީފައި ވަނީ އެކަށީގެންވާ ގޮތަށް ނުވާތީކަމަށް ފުލުހުން ބުނެފައިވާކަމަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ހަފްތާގެ ތެރޭގައި ދެވަނަ ފަހަރަށް ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރީ ތަހުގީގު ނިމި، ބަޔާންތަކުގައި ސޮއިކޮށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައެއްގައިކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. މިއީ ވަރަށް ގިނަ ހިތްހަމަނުޖެހުން ހިމެނޭ މައްސަލައެއްކަން ފާހަގަކޮށް ޑރ. ޖަމީލް ވިދާޅުވީ ވ. އާރަށުގެ މައްސަލައިގައި މީގެ ކުރިން ތަހުގީގެއް ހިންގައި، ގަނޫނީ އިންޒާރު ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް ފުލުހުން އަނެއްކާވެސް މަސައްކަތް ކުރަނީ، އާރަށުގެ މައްސަލައިގައި ބަޔާން ނަގައި، އަލުން ކުރިޔަށް ގެންދިއުމަށް ކަމަށް ވިދާޅުވިއެވެ.

މިގޮތަށް އަމަލު ކުރާ ސަބަބެއްގެ ގޮތުގައި ފުލުހުން ބުނެފައިވަނީ، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ފާހަގަކުރި ބައެއް ގޯސްތައް އިސްލާހު ކުރުންކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. އަދި ކުރިން ދިން ގަނޫނީ އިންޒާރުތަކުގައި މައްސަލަތަކެއް ހުރުމުން، އެ ރަނގަޅު ކުރުމަށް ބޭނުންވާކަމަށް ވެސް ބުނި ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މުވައްކިލެއްގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ތަހުގީގެއް ނިމި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްފަހު އަލުން އެ މީހާގެ ޖަވާބުތައް އެނގިގެން އައިސް އެ މީހެއްގެ ހައްގުތައް ރައްކާތެރި ނުވާނެހެން ހިންގޭ ކޮންމެކަމަކީ އޭގެ ސަބަބުން ދުސްތޫރީ ވަރަށް ގިނަ ހައްގުތަކެއް ގެއްލިގެންދާ ކަމެއްގެ ގޮތުގައި ޑރ. ޖަމީލް ފާހަގަ ކުރެއްވި އެވެ.

“ތަހުގީގުގެ މަރުހަލާ ފެށިގެން މިދިޔަ ހުރިހާ ވަގުތެއް އަޅުގަނޑުމެން މިހޭދަ ކުރީ ފުލުހުންނަށް ވިސްނައިދޭން. ފުލުހުންނަށް ކިޔައިދޭން… މި ބުނަނީ އަޅުގަނޑުމެންނަށް ދޭށޭ ތިބޭފުޅުން ތި ނިންމެވި ނިންމެވުން.. ތިޔަވިދާޅުވާ ގޮތަށް، ތިބޭފުޅުން ޕްރޮސެކިއުޓާއަށް ފޮނުވި ލިޔުމާއި އަދި ޕްރޮސެކިއުޓާރ ގާނޫނުގައި އެބަ ބުނޭ ގާނޫނުގައި ފުލުހުން އަމަލު ކުރުމަށް ކަނޑައަޅާފައިވާ ގަވައިދުގައި އެބަ 16 ވަނަ މާއްދާގައި ލާޒިމު ކުރޭ މައްސަލައެއް ފޮނުވުމަށްފަހު ތިން ގޮތަކަށް ނިންމަން ޖެހޭކަމަށް” ޑރ. ޖަމީލް

ޑރ. ޖަމީލް ވިދާޅުވީ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ސާފު ކުރަން ބޭނުންވާ ކަންތައް ހިއްސާ ކުރަން ތަކުރާރުކޮށް އެދުނު ކަމަށެވެ. އޭގެ ސަބަބަކީ މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފުކަމަކަށްވުން ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް ސިފަ ކުރެއްވީ، އެއީ ތަހުގީގު ނިމިފައި އޮތް މައްސަލައެއް “އަލުން ބަލުން” ހުޅުވުންގެ ގޮތުގަ އެވެ. ރައީސް ޔާމީންގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި، އެކަން ފުލުހުންނާއޮ، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހެޅުމަށް ލިޔެކިއުން ބޭނުންވާކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

ގާނޫނާ ހިލާފަށް ހިންގާ ކަމެއްގައި ބައިވެރި ނުވުމަށް މައްސަލައިގެ ތަހުގީގުން މުޅި ގާނޫނީ ޓީމު އިއްޔެ ތަނާޒުލް ވި އެވެ.

ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް ބުނާ މައްސަލައެއްގައި ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އޭޕްރިލް 30 ގަ އެވެ. ޔާމީންގެ މައްޗަށް މި މައްސަލާގައި ތަހުގީގު ހިންގާފައިވަނީ ރަށް ވިއްކާލައިގެން ލިބުނު އެއް މިލިއަން ޑޮލަރު ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށްފައިވާކަން އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވާތީ އެވެ.

ވ.އަތޮޅު ތިނަދޫ ކައިރީ އޮންނަ އާރަށަކީ ޕިކުނިކު ދިއުމަށް ބޭނުން ކުރަމުން އައި ފަޅުރަށެކެވެ. ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ކުންފުންޏަކަށް އެރަށް ދީފައި އޮއްވާ އޯގަސްޓު، 2015، ގައި އެކުންފުނި އަތުން އާރަށް އަތުލުމަށްފަހު ސެޕްޓެމްބަރު މަހު، އެ ރަށް ހަވާލުކޮށްފައި ވަނީ ވ.އަތޮޅުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ކުންފުންޏަކަށެވެ.

ނައީމްއަކީ ރައީސް ޔާމީންގެ ގާތްގުޅުމެއް އޮންނަ މީހަކަށްވާއިރު، އޭނާ ވަނީ ހަމައެމަހު އެރަށް އެއް މިލިއަން ޑޮލަރަށް ބޭރުގެ ކުންފުންޏަކަށް ވިއްކާލާ ރައީސް ޔާމީންގެ އެކައުންޓަށް އޭގެ ބަދަލެއްގެ ގޮތުން އެއްމިލިއަން ޑޮލަރު ޖަމާކޮށްފަ ކަމަށް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: