ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕިއެމްގެ ރައްދު ނަޝީދަށް: މެދުމިނުގެ އިސްލާމްދީނެއް، ޕީޕީއެމްއިން ގަބޫލެއް ނުކުރަން!

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް، ޕީއެންސީއާއި އެކު ކުރިޔަށް ދާން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅި އެއްވެސް ހުށަހެޅުމެއް ގަބޫލު ނުކުރާކަމަށާއި ހާއްސަކޮށް މެދު މިނުގެ އިސްލާމްދީނެއް އިދިކޮޅުން ގަބޫލެއް ނުކުރާކަމަށް ނައިފަރު ދާއިރާގެ މެމްބަރު، އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އިއްޔެގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ރައީސް ނަޝީދު ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ހިއްސާ ކުރެއްވި މެސެޖުގެ ސްކްރީންޝޮޓެއް ދައުރުވީއިރު އޭގައި ރައީސް ނަޝީދު ވިދާޅުވީ، މިހާރު ރައީސް ސޯލިހާއި ފިކުރީ ގޮތުން ހިޔާލުތަފާތު ވެފައިވާކަމަށެވެ. އަދި އެމަނިކުފާނު ދެން ބޭނުމީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި އެކީ ކުރިޔަށް ދާންކަމަށް ވިދާޅުވި އެވެ. އަދި އެ ވިސްނުމާއި މެދު މެދު އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމަނުޖެހުނަސް މައްސަލައެއް ނެތް ކަަމަށެވެ. އިދިކޮޅު ލީޑަރު، ރައީސް ޔާމީނާއި އެމަނިކުފާނުގެ ޕާޓީ ޕީޕީއެމުން މެދުމިނުގެ ސިޔާސަތުތަކަށް ތާއީދު ކުރާނަމަ އެހީއަށް އެދި ހުށަހަޅާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިއަދު އެކަމުގެ ޝަރުތުތައް ހިއްސާ ކުރި އެވެ.

ރައީސް ނަޝީދަށް ރައްދު ދީ ޕާޓީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް ދޭން ބޭނުންވާ އެއްވެސް މެސެޖެއް ރައީސް ނަޝީދު މެދުވެރިކޮށް ދޭން ޖެހޭ ސަބަބެއް ވެސް ނޯންނާނެކަމަށާއި، އެގޮތަށް އަމަލު ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދޭކަމަށެވެ.

ޝިޔާމް ވިދާޅުވީ ޕީޕީއެމާއި އެކު މަސައްކަތް ކުރަން ބޭނުންވާކަމަށް ބުނެ ރައީސް ނަޝީދުގެ މި ވާހަކަތައް ދެކެވެން މިފެށީ، ޕާޓީގެ ކްލަބް ހައުސްއެއްގައި ނިޒާމުގެ ވާހަކަތައް ދެއްކުމަށްފަހު ކަމަށެވެ. ޕީޕީއެމްގައި އަބަދުވެސް ގަބޫލު ކުރާ ސިޔާސަތުތަކާއި، “ފަންޑެމަންޓަލްސް” ތަކެއް ހުންނާނެކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެކަމަށް ޝިޔާމް ވިދާޅުވި އެވެ.

ރައީސް ނަޝީދު މިއަދު ވެސް ދެއްކެވި ވާހަކަތަކުގައި ދިވެހި ގަބޫލު ނުކުރާ، އަދި ހުދު ޕާޓީގެ ލީޑާޝިޕް ވެސް ގަބޫލު ނުކުރާ ވާހަކަތަކެއް ހިމެނޭކަން ޝިޔާމް ފަހަގަ ކުރެއްވި އެވެ.

ރައީސް ސޯލިހާއި ދެކޮޅުވެ މިއަދު އަމިއްލަ ރަސްމީ އެކައުންޓުން ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޕީޕީއެމާއި، އެމްޑީޕީއަށް އެކުގައި މަސައްކަތް ކުރެވޭނެކަމަށް ގަބޫލު ކުރާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ގައުމު ސަލާމަތްކުރުމަށް އެމްޑީޕީއަށް ބޭނުންވަނީ އާ ކޯލިޝަނެއް ކަމަށާއި އެމްޑީޕީ އާއި ޕީޕީއެމްގެ ގިނަ ބައެއްގެ ވިސްނުން އެއްގޮތްވާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އެއީ “އިންޑިއާ އައުޓް” ނުގޮވާ، ނަފުރަތުގެ ބިލަށް ތާއިދު ކުރާ، މިއުޒިކު ހަރާމް ނުކުރާ، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއްކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދުގެ މި ހުށަހެޅުމަށް އެއްވެސް ޝައުގުވެރިކަމެއް، އަދި ތާއީދެއް ވެސް ނެތްކަން ހާމަކޮށް ޝީޔާމް ވިދާޅުވީ ދިވެހިން ބޭނުންވަނީ “މެދު މިނުގެ ދީނެއް” ނޫން ކަމަށެވެ. އަދި މެދު މިނުގެ އިސްލާމްދީނެއް ނޯންނާނެކަމަށް ޝިޔާމް ވިދާޅުވި އެވެ.

އިސްލާމް ދީނަކީ، އިސްލާމް ދީންކަމަށާއި، މިއީ ކޮންމެ ރައްޔިތަކު ވެސް ގަބޫލު ކުރާނެ މައިގަނޑު އަސާސްތަކުގެ ގޮތުގައި ޝިޔާމް ފާހަގަ ކުރެއްވި އެވެ.

“އެ މެސެޖުތަކުގައި ވެސް އެހުރީ އަޅުގަނޑުމެން ގަބޫލު ކުރާ އަސާސްތަކާއި، ދިވެހި ރައްޔިތުން ގަބޫލު ކުރާ އަސާސްތަކާއި، ވަރަށް ފުށު އަރާ ކަންތަކެއްގެ ވާހަކަ ހުރީ ދައްކަވާފައި. މެދު މިނުގެ ދީނެއް ނޯންނާ، މެދު މިނުގެ އިސްލާމްދީނެއް ނޯންނާނެ ފުރަތަމަ ކަމަކަށް… އަޅުގަނޑުމެން ގަބޫލެއް ނުކުރަން… އިސްލާމްދީނަކީ، އިސްލާމްދީން… މި ހުންނަނީ އަޅުގަނޑުމެން ގަބޫލު ކުރާ މައިގަނޑު އަސާސްތައް” ޝިޔާމް

ޝިޔާމް ވިދާޅުވީ މިއަދު ރައީސް ނަޝީދުގެ ވާހަކަތަކުން ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއްކަން ހާމަވާކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކުރި ހުކުމާއި، ކުރާ ދައުވާތައް އަދި ތުހުމަތުތަކަކީ ސިޔާސީ ގޮތުން ކުރާ ޖެއްސުންތަކެއްގެ ގޮތުގައި ޝިޔާމް ތަކުރާރު ކުރެއްވި އެވެ.

ރައީސް ނަޝީދުގެ މިފަދަ ކުއްލި ހުށަހެޅުމެއް އައި ސަބަބެއްގެ ގޮތުގައި ޝިޔާމް ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޓިކެޓު ގެއްލޭނެކަން ރައީސް ނަޝިދަށް ޔަގީން ވުމެވެ. އަދި ޕާޓީގެ ކޯޅުމުގެ ތެރެއިން ރައީސް ސޯލިހު ކުރި ހޯއްދެވުމެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ގައުމުގެ ހާލަތު ގޯސްކަން ރައީސް ނަޝީދައި، ޕާޓީގެ ލީޑާޝިޕް ގަބޫލު ކުރާ ކަމަށެވެ. އަދި ރައީސް ސޯލިހަށް ރަނގަޅު ގޮތުގައި ގައުމު ނުހިންގުމުގެ ޒިންމާ ރައީސް ނަޝީދު ނަންގަވަން ބޭނުންފުޅު ނުވަނީކަމަށް ވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: