ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ނުހޯދޭކަމީ އެންމެނަށް އޮތް ބޮޑު ބިރެއް: ވައްޑެ

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ނުހޯދޭކަމީ އެންމެނަށްވެސް އޮތް ބޮޑު ބިރެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

މެމްބަރު ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން މަޖީދީމަގުގައި ބޮމެއް ގޮއްވާލުމުގެ ފަހަތުގައި ތިބި ބަޔަކު އަދިވެސް ނުހޯދޭކަމީ އެންމެނަށް އޮތް ބޮޑު ބިރުވެރިކަމެއް ކަމަށެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޖުމްލަ 8 މީހަކު ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވެއެވެ. އޭގެތެރެއިން ވަނަވަރު އާންމުކޮށްފައިވަނީ ފަސް މީހެއްގެއެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދުގެ އިތުރުން މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު އަދި ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްއެވެ.

ރައީސް ނަޝީދު މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވީ ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވީ ހަތަރު މީހުން އެކަނި ކަމަށް ނުވާނެ ކަމަށާއި އެ ހަމަލާ ރޭވުމުގަޔާއި ހަރަދު ކުރުމުގައި ބައިވެރިވި މީހުން ވެސް އާންމުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށެވެ. އެމީހުންގެ އަމާޒަކީ އެމަނިކުފާނުގެ ފުރާނަފުޅު ދުއްވާލުންކަން މިހާރު ސާފުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި މިކަންކަން ނުހޯދޭނަމަ ރީތިކޮށް އެމަނިކުފާނަށް މާލެ ތެރޭގައި އުޅެން ވަރަށް އުނދަގޫވާނެ ކަމަށާއި މި ތަހުގީގު ރަނގަޅަށް ނުގެންދެވިއްޖެނަމަ ސަރުކާރަށް އޮތް އިތުބާރު ގެއްލިގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އެއީ އެއްވެސް މީހަކު ދެކެން ބޭނުންވާނެ ތަނެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދަވަން ނަޝީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށްވާއިރު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ހާމަކުރައްވާފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: