ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީޗަރުން ބަދަލުކުރުމާ ޖިންސީ ފުރައްސާރައާ ގުޅުމެއް ނެތް: އެޑިއުކޭޝަންް

އެޑިއުކޭޝަން މިނިސްޓަރ.... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޒުއްދީން ސްކޫލްގެ ހަތަރު ޓީޗަރަކު އެހެން ސްކޫލްތަކަށް ބަދަލުކުރީ މި އަހަރުގެ ކުރީކޮޅު އެ ސްކޫލްގެ ހަތަރު ލީޑިން ޓީޗަރުން އެއްފަހަރާ އިސްތިއުފާދިނުމާ ގުޅިގެން އެ ސްކޫލްގައި އުފެދުނު ނުތަނަވަސްކަން ހައްލުކުރުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އިއްޒުއްދީން ސްކޫލުގައި މަސައްކަތްކުރި ޕްރިންސިޕަލް އިސްމާއީލް ނަސީރު އެ ސްކޫލުގައި މަސައްކަތްކުރާ ހަތަރު ޓީޗަރަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

މިކަމާ ގުޅިގެން ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނީ އިއްޒުއްދީން ސްކޫލުގައި މަސައްކަތްކުރި ޕްރިންސިޕަލް އިސްމާއީލް ނަސީރު އެ ސްކޫލުގައި މަސައްކަތްކުރާ ހަތަރު ޓީޗަރަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާތީ، އެ ހަތަރު ޓީޗަރުންގެ ފަރާތުން އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ހުށަހެޅި ކަމަށެވެ. އެ ހަތަރު ޓީޗަރުންގެ ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ އެ ޖަމިއްޔާއިންނެވެ.

އެގޮތުން ކޮމިޓީން މައްސަލަ ބެލުމަށްފަހު ނިންމީ ނަސީރުގެ ފުށުން ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލެއް ހިންގިކަމުގައި ބުރަވެވެން އޮތް ކަމަށާއި އަދި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަން ފެންނަ ކަމަށް މައްސަލަ ބެލި ކޮމެޓީގެ އިއްތިފާގުން ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

“އެހެންނަމަވެސް މައްސަލަ ރައްދުވި ފަރާތުގެ މައްޗަށް އެޅި ފިޔަވަޅަކީ ކޮބައިކަން މައްސަލަ ހުށަހެޅި ފަރާތަށް އަންގާފައެއް ނުވެއެވެ. އަދި އިސްމާއިލް ނަސީރު މިހާރު އިއްޒުއްދީން ސުކޫލަށް ވުރެ މާ ބޮޑު ސްކޫލަކަށް ބަދަލުކޮށްފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. މިކަމަކީ އޭގެ ޒާތުގައި ފިޔަވަޅަކަށް ވުރެ ބޮޑަށް ޕްރޮމޯޝަނެއް ކަމަށް ސިފަވާކަން ފާހަގަކުރަން” އެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލަ ހުށަހެޅި ހަތަރު ފަރާތް އެހެން ސުކޫލަކަށް ބަދަލުކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކޮށް އެޑިއުކޭޝަނަށާއި ސިވިލް ސާވިސް ކޮމިޝަނަށް ސިޓީ ފޮނުވާފައިވަނިކޮށް، އެ ފަރާތްތައް އެހެން ސުކޫލުތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

މިކަން ދޮގުކޮށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ހަތަރު ޓީޗަރުން އެހެން ސްކޫލްތަކަށް ބަދަލުކުރުމުގެ ކުރިން ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ލީޑާޝިޕް އެންޑް މެނޭޖްމަންޓް ރިވިއުއެއް ހަދާފައިވާ ކަމަށެވެ. އަދި އެ ނިންމުން ނިންމީ އެ ރިވުއުއަށް ބެލުމަށްފަހު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ހަތަރު ޓީޗަރަކު އެހެން ސްކޫލްތަކަށް ބަދަލުކުރަން ނިންމި ނިންމުމާ ޖިންސީ ފުރައްސާރައިގެ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ވަރަށް ސީރިއަސް ކަމާއެކު ބަލައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަބަދުވެސް އިސްކަންދޭ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

“މުދައްރިސުން ބަދަލުކުރުމާ ގުޅުވައި ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އަދި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ނެރެފައިވާ ބަޔާންތަކުގައި ހަގީގަތާ ހިލާފަށް މައްސަލަ އޮޅޭ ގޮތަށް އެ މައުލޫމާތު ހިމަނާފައި ވާތީ އެކަން މި މިނިސްޓްރީން ކުށްވެރި ކުރަމެވެ. އަދި މިފަދަ ބަޔާންތައް ނެރުމުގައި ހަގީގަތުގެ މައްޗަށް ބަޔާންތައް ލިޔުއްވުމަށް އިލްތިމާސްކުރަމެވެ.” އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: