ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިވަގުތަށް އޮތް ހަމައެކަނި ގޮތަކީ ރައީސް ޔާމީނާއި އެކު ކޯލިޝަން ހެދުން: ރައީސް ނަޝީދު

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި އެކު ކޯލިޝަން ހެދައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެހީތެރިކަމަށް އެދުން އެއީ އެންމެ ރަނގަޅުގޮތްކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ޕީޕީއެމް އާއިއެކުގައި މަސައްކަތް ކުރުމަށް ބޭނުންވާކަން ހާމަކުރުމާއި ގުޅިގެން، ދެ ޕާޓީގެ މެމްބަރުންނަށް އޮޅުންތަކެއް އަރާތީ އެކަން ސާފުކޮށްދޭން ބޭނުންވާކަމަށް ބުނެ ފޮނުވި މެސެޖެއްގަ އެވެ.

ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުވި އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ، އިދިކޮޅު ޕީޕީއެމަށް ގެންނަން ޖެހޭ ބަދަލުތަކެއް އެބަހުރި ކަމަށެވެ. އަދި އެފަދަ ކަންކަން އިސްލާހު ކުރެވޭނެކަން ފާހަގަކޮށް ވިދާޅުވީ އެ ބަދަލުތަކަކީ “އިންޑިއާ އައުޓް” ގެ ފަލްސަފާއާއި ދުރު، އަދި ނަފްރަތުގެ އަމަލުތައް ހިންގުން ކުށަކަށް ހެދުމަށް ހުށަހަޅާފައިވާ ބިލަށް ތާއިދު ކުރެވޭ، އަދި މިއުޒިކަށް ވެސް އެއްބަސް ވެވޭ ބަދަލުތަކަކަށް ވުން ކަމަށެވެ. އަދި މި ހަމަތަކުގައި ސަރުކާރު ހިންގުމަށް ޕީޕީއެމް އާއި އެއްބަސްވެވޭ އެމްޑީޕީ، ޕީޕީއެމް އިއްތިހާދެއް އުފެއްދުމަށް ރައީސް ޔާމީންގެ އެހީތެރިކަމަށް އެދުން އެއީ ރާއްޖެއާއި އަދި އެ ޕާޓީއަށް ވެސް އެންމެ ރަނގަޅު ގޮތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި 2023 ވަނަ އަހަރުގެ އިންތިހާބަށް ނިކުންނަވާނެކަން އިއުލާނު ކުރައްވާފައިވާ ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހިޔާލުތަފާތުވުން އުފެދިފައިވާކަން ހާމަކުރައްވައިފަ އެވެ. އަދި ސިޔާސީ ގޮތުން ދެން އިތުރަށް ދެ ބޭފުޅުނަށް މަސައްކަތް ކުރެވެން ނެތުމުން، އިދިކޮޅުގެ އެހީއަށް އެދެން ނިންމާފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެ ފަހުން ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް އިދިކޮޅާއި ޕީޕީއެމް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވަމުންނެވެ.

ރައީސް ނަޝީދުގެ ހުށަހެޅުންތަކެއް އައި ނަމަވެސް، އިދިކޮޅުން އެ ވާހަކަތަކަށް ރައްދު ދެމުން ބުނީ ރައީސް ނަޝީދާއި އެއް މޭޒެއްގައި ދައްކަންޖެހޭ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށްޓަކާ ރައީސް ނަޝީދުގެ އަރިހަށް ގޮސް ސިޔާސީ ގޮތުން ހަދަންޖެހޭ ޑީލެއް ވެސް ނޯންނާނެކަމަށް ވިދާޅުވި އެވެ.

އިދިކޮޅާއި އެކު މަސައްކަތް ކުރުމަށް ގެންގުޅުއްވާ ވިސްނުމާއި މެދު މެދު އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމަނުޖެހުނަސް މައްސަލައެއް ނެތް ކަަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އިދިކޮޅު ލީޑަރު، ރައީސް ޔާމީނާއި އެމަނިކުފާނުގެ ޕާޓީ ޕީޕީއެމުން މެދުމިނުގެ ސިޔާސަތުތަކަށް ތާއީދު ކުރާނަމަ އެހީއަށް އެދި ހުށަހަޅާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަމުގެ ޝަރުތުތައް ހިއްސާ ކުރި އެވެ. ރައީސް ނަޝީދު ވިދާޅުވީ، ގައުމު ސަލާމަތްކުރުމަށް އެމްޑީޕީއަށް ބޭނުންވަނީ އާ ކޯލިޝަނެއް ކަމަށާއި އެމްޑީޕީ އާއި ޕީޕީއެމްގެ ގިނަ ބައެއްގެ ވިސްނުން އެއްގޮތްވާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އެއީ “އިންޑިއާ އައުޓް” ނުގޮވާ، ނަފުރަތުގެ ބިލަށް ތާއިދު ކުރާ، މިއުޒިކު ހަރާމް ނުކުރާ، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއްކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކުރީގެ ރައީސް އަދި މަޖިލިސް ގެ ވެސް އަދި އެމް ޑީ ޕީ ގެ ރައީސް މުޚައްމަދު ނަޝީދަކީ ދުރުވިސްނޭ ބޭފުޅެކެވެ. އެކަމް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އާއި އެކުގަ ސިޔާސީ މަސައްކަތް ކުރައްވަން ޔާމީންގެ އަރިހަށް ނަޝީދު ވަޑާގެންނެވުމަކީ ސިޔާސީ ގޮތުން ނަޝީދު ޔާމިނަށް ވުރެން ބަލިވުމެވެ. ޔާމިން ނަޝީދުގެ އެހީއަށް އެދިވަޑާ ގަތްނަމަ އަޅުގަޑަށް ގަބޫލުކުރެވުނީސް އެކަމް މިހާރު ހިތާ ދެކޮޅަށް ބުނަން ޖެހެނީ ނަޝީދު ޔާމީން އާއި ނުގުޅޭނެ ޤައުމަށް ފައިދާހުރި ކަމަކަށް. ޔާމީން ބޭނުންވެ ލައްވާނީ އަމިއްލަ ޖީބު ބޮޑުކުރަށްވަން ރައީސް ޔާމީން އާއި ގުޅިލައްވާނީ ވެސް ހަމަ އެކަހަލަ މީހެއް ލަޑަޔާވާނީ ލަޑަޔާ އެހެނެއް ނޫންތޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: