ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާލަކީ ތަފާތު އެއްޗެއް، ބަސް ބުނެވުމަކީ އެމްޑީޕީ ތެރޭ އެ މިނިވަންކަން އޮތްކަމުގެ ހެކި: އަހުމަދު އަބްދުﷲ

ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަކީ ހިޔާލު ފާޅު ކުރުމާއި، އެ ހިޔާލުތަކަށް އަބަދުވެސް ބަހުސް ކުރާ ޕާޓީއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، އަހުމަދު އަބްދުﷲ ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އާ ހިޔާލުތަކަށް ޖާގަދީ ފުޅާދާއިރާއެއްގައި އެ މައުޟޫތަކަށް ބަހުސް ކުރާ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީއާއި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވާ އެހެން ޕާޓީތަކާއި ތަފާތުވާ ހިސާބަކީ ވެސް އެއީކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެންމެ ފަހުވަގުތު ނިންމާ ނިންމުމަކީ އެއީ އެންމެންގެ ވެސް ތާއީދަކާއި އެކު ކަނޑައަޅާ ސިޔާސަތެއްކަމަށް އަހުމަދު ވިދާޅުވި އެވެ.

ސަރުކާރަށް އަމާޒުކުރާ ފާޑުކިއުންތަކާއި، އަދި ޕާޓީގެ މެމްބަރުން މަޖިލީހުގައި ދައްކަމުން ގެންދާ ވާހަކަތަށް އަމާޒު ކުރި ސުވާލަށް އަހުމަދު ވިދާޅުވީ ސަރުކާރުގެ ލޮނު މަޑުވެފައިވާކަމަށް އޭނާ ގަބޫލެއް ނުކުރާ ކަމަށެވެ. އެހެން ނަމަވެސް އެއީ ޕާޓީގެ މެމްބަރުންގެ ހިޔާލުތައް ފާޅުކުރެވޭކަމުގެ ހެއްކެއްގެ ގޮތުގައި، އަހުމަދު ސިފަ ކުރެއްވި އެވެ.

އެހެން ޕާޓީގެ ތެރޭގައި މިނިވަންކަމާއި އެކު އެ މެމްބަރަކު ދެކޭ ގޮތް ހިއްސާކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނަކަމަށާއި، އެމްޑީޕީގެ ތެރޭގައި އެ ފުރުސަތު ކޮންމެ މެމްބަރަކަށް ވެސް އޮންނާނެކަމަށް އަހުމަދު ވިދާޅުވި އެވެ.

“އެހެން ވީމަ އެ މިނިވަންކަމުގެ ތެރެއިން އެ ވާހަކަ ދެކެވެނީ… ދެން ލޮނުމަޑުވުމާއި ނުވުމުގެ ވާހަކަ… ލޮނު މަޑުކަމަށް އަޅުގަނޑެއް ޕާސަނަލީ ގަބޫލެއް ނުކުރަން. ދެން އެ ވާހަކަ ދައްކަވާ ބައެއް ބޭފުޅުން، ނުވަތަ ވިސްނުން ގެންގުޅުއްވާ ބޭފުޅުންގެ އެހެން އެ ވިދާޅުވަނީ ކޮން ސަބަބަކާއި ހެދިތޯ ބަލާލާކަމަށްވާނަމަ ކަންކަން ދާ.. އެ ބޭފުޅުން އެ ވިދާޅުވަނީ މަޑޭ… އަދި ނިންމަންޖެހޭ ނިންމުންތައް ލަހޭ. ހިޔާލަކީ ތަފާތު އެއްޗެއް. އެކެއްގެ ހިޔާލުގައި ލަސްކަމަށް ހީވާއިރު އަނެކަކަށް އެއީ ރަނގަޅު ވަގުތުކަމަށް ވެސް ފާހަގަވެދާނެ” އަހުމަދު

އެމްޑީޕީގެ މެމްބަރުން ފާޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒު ކުރާ ފާޑުކިއުންތައް އެއީ އެ ބޭފުޅެއްގެ ވިސްނުމާއި ހިޔާލުގެ ގޮތުގައި އަހުމަދު ވިދާޅުވި އެވެ. އޭނާ ގަބޫލު ކުރާނީ ސަރުކާރުގެ ފަންކްޝަން ލެވެލް ހުރީ ރަނގަޅުވަރެެއްގައި ކަމަށެވެ.

މީގެ އިތުރުން އަހުމަދު ވިދާޅުވީ ސަރުކާރު އުފެދިގެން މާ ގިނަ ދުވަސްތަކެއް ނުވަނީ ރާއްޖޭގައި ކޮވިޑުގެ ހާލަތު ދިމާވި ކަމަށެވެ.

އަދި ސަރުކާރުގެ ގިނަ ދުވަސްތައް ހޭދަކުރަން ޖެހުނީ ބޮޑު ބަންދެއްގެ ތެރޭގަ އެވެ. އޭގެ ތެރޭގައި އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމުގައި އައި ގޮންޖެހުންތަކާއި، ވަޒީފާތަކަށް ކުރި އަސަރު އަހުމަދު ފާހަގަ ކުރެއްވި އެވެ. މިކަންކަން ފާހަގަކޮށް އަހުމަދު ވިދާޅުވީ ރައްޔިތުން ބަނޑަށް ނުޖެހު ސަލާމަތްވީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށެވެ.

އަހުމަދު ވިދާޅުވީ ވަޒީފާ ގެއްލުނު ފަރާރްތަކަށް އިންކަމް ސަޕޯޓު ދިނުމާއި، ގެއްލުންވަމުން ދިޔަ ވިޔަފަރިތަކަށް ލޯނުތައް ދޫކުރުން އަދި ކޮވިޑު މެނޭޖު ކުރުމަށް އެޅި ފިޔަވަޅުތަކަކީ ސަރުކާރަކަށް ދެވޭނެ އެންމެ ބޮޑު މެކްސިމަމް ކަމަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކާއި ހިލާފަށް މިއަދު ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް މިހާރު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާކަން އަހުމަދު ވިދާޅުވި އެވެ. ސަރުކާރަށް ތައުރީފްކޮށް އަހުމަދު ވިދާޅުވީ، ރައީސް ސޯލިހު ނިންމަވާފައިވަނީ ހަރުދަނާ ނިންމުންތަކެއް ކަމަށެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: