ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުއްރަހީމް، ނަޝީދަށް: ޕީޕީއެމް، ޕީއެންސީއަށް އެންމެ ރަނގަޅު ގޮތް މަނިކުފާނު ކިޔައި ނުދީ!

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމް އަދި ޕީއެންސީގެ ރައީސް އަބްއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ނިންމާނީ އެ ކޯލިޝަނުންކަމަށް ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރަައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހިޔާލުތަފާތު ވެ ދެ ބޭފުޅުންގެ ގުޅުން ވަނީ ގޯސްވެފަ އެވެ. ސޯޝަލް މީޑިއާގައި ރައީސް ނަޝީދު ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ހިއްސާ ކުރެއްވި މެސެޖުގެ ސްކްރީންޝޮޓެއް ދައުރުވީއިރު އޭގައި ރައީސް ނަޝީދު ވިދާޅުވީ، މިހާރު ރައީސް ސޯލިހާއި ފިކުރީ ގޮތުން ހިޔާލުތަފާތު ވެފައިވާކަމަށެވެ. އަދި އެމަނިކުފާނު މިހާރު ދެން ބޭނުމީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި އެކީ ކުރިޔަށްދާންކަމަށް ވިދާޅުވި އެވެ. އަދި އެ ވިސްނުމާއި މެދު މެދު އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމަނުޖެހުނަސް މައްސަލައެއް ނެތް ކަަމަށެވެ. އިދިކޮޅު ލީޑަރު، ރައީސް ޔާމީނާއި އެމަނިކުފާނުގެ ޕާޓީ ޕީޕީއެމުން މެދުމިނުގެ ސިޔާސަތުތަކަށް ތާއީދު ކުރާނަމަ އެހީއަށް އެދި ހުށަހަޅާނެކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަށް އިދިކޮޅުން ބުނީ، އެއްވެސް ޝައުގެއް ނެތް ކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ މައްސަލައިގެ ތެރެއަށް ޕީޕީއެމް، ޕީއެންސީން ނުވަންނާނެ ކަމަށް ބުންޏެވެ. އިދިކޮޅުން ބުނެފައިވަނީ ރައީސް ނަޝީދާއި އެކު ސިޔާސީ އެއްވެސް މަސައްކަތެއް ކުރަން ބޭނުން ނޫން ކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ރައީސް ނަޝީދާއި، ރައީސް ޔާމީނަކީ މުޅިން ތަފާތު ދެ ފިކުރެއްކަން ފާހަގަ ކުރި އެވެ.

ރައީސް ނަޝީދާއި އެކު ކުރަން ބޭނުންވާ އެއްވެސް މަސައްކަތެއް ނެތްކަން އިދިކޮޅުން ހާމަކުރުމާއި އެކު، ރައީސް ނަޝީދު ފަހުން ޓްވީޓުތަކެއް ވެސް ކުރެއްވި އެވެ. އަދި ގައުމަށް އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ކޮންގްރެސް ކޯލިޝަނާއި، އެމްޑީޕީން އިއްތިހާދެއް ގާއިމް ކުރުން ކަމަށް ވިދާޅުވި އެވެ. އަދި މިއަދު ވެސް ގައުމީ މަޖިލީހުގެ ގްރޫޕުގައި ވިދާޅުވީ ގައުމަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ ދެ ޕާޓީ ވެސް ގުޅިގެން ކުރިޔަށް ދިއުން ކަމަށެވެ. އަދި އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކީ އެއީކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވާހަކަތައް މީޑިއާތަކުގައި ދެކެވެމުންދާތީ، އަބްދުއްރަޙިމް ޓްވީޓެއް ކުރައްވައި ވިދާޅުވީ ޕީޕީއެމް، ޕީއެންސީއަށް އެންމެ ރަނގަޅުގޮތް ނިންމާނީ އެ ކޯލިޝަނުން ކަމަށެވެ. އަދި ރައީސް ޔާމީންގެ ލީޑާޝިޕްގެ ދަށުން އަބަދުވެސް އިސްކުރާނީ ގައުމާއި ރައްޔިތުންކަމަށް ވިދާޅުވި އެވެ. 

އިދިކޮޅާ އެކީގައި މަސައްކަތް ކުރަން ބޭނުންކަމަށް ރައީސް ނަޝީދު ވިދާޅުވުމުން، އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތަކާއި ޕީޕީއެމްގެ ފިކުރާއި ވިސްނުން އެއްގޮތެއް ނުވާނެ ކަމަށެވެ. ދެ ޕާޓީން ގެންގުޅޭ އިސްލާމްދީނާއި އިގުތިސާދާއި ގައުމު ކުރިއެރުވުން ފަދަ މުހިންމު އަސާސްތައް ވަރަށް ބޮޑަށް ތަފާތުކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

އަމިއްލަ ރަސްމީ އެކައުންޓުން ކުރި ޓްވީޓެއްގައި އެމްޑީޕީން ޕީޕީއެމް އާއިއެކު އިއްތިހާދު ވެގެން މަސައްކަތް ކުރާނެ ޝަރުތުތަކެއް ރައީސް ނަޝީދު ހާމަކުރައްވާފައި އެވެ. އެއީ “އިންޑިއާ އައުޓް” ނުގޮވުމާއި، ކޮމިޓީ މަރުހަލާގައި އޮތް ނަފުރަތު އުފެއްދުން ކުށަކަށް ހެދުމުގެ ބިލަށް ތާއިދުކުރުމާއި، މިއުޒިކް ހަރާމް ނުކުރުމާއި، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: