ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ފިކުރަށް ތާއީދެއް ނުކުރަން، ނަޝީދު އުޅުއްވަނީ ސިޔާސީ މަންފާއެއް ހާސިލްކުރަން: އަދާލަތު

ރައީސް ނަޝީދު އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ:ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ ސިޔާސީ މަންފާތަކެއް ހާސިލްކުރުމުގެ ދަހިވެތިކަމުގައިކަމަށް އަދާލާތު ޕާޓީ އިން ބުނެފިއެވެ.

އަދާލަތު ޕާޓީން މިހެން ބުނީ އަދާލަތުގެ ނުފޫޒުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުންތައް ނިންމަވާ ކަމަށް ރައީސް ނަޝީދު މިއަދު ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ނަފްރަތުގެ ބިލަކީ ރާއްޖޭގައި މީހުންނާމެދު ދީނީގޮތުން ނަފްރަތު އުފެއްދުމުގެ ސަބަބުން ދޭ ހަމަލާތަކަށް ނިމުމެއް ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލެއްކަމަށެވެ.

އެހެންނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުޑަ އަދާލަތު ޕާޓީގެ ނުފޫޒުން ސަރުކާރުން އެ ބިލަށް ކުރި ތާއީދު ގެންގޮސްފައިވާކަމަށާއި، އަދި އަދާލަތު ޕާޓީން ރައީސް ސޯލިހްގެ އެފަދަ އެތައް ނިންމުމަކަށް ނުފޫޒު ފޯރުވާއިރު އެގޮތަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ރައީސް ސޯލިހް ދެއްވަމުން އަންނަކަމަށްވެސް ވިދާޅުވެފައިވެއެވެ.

ނަޝީދުގެ އެ ވާހަކަތަކާ ގުޅިގެން އަދާލަތުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ނަޝީދުގެ އެ ބަޔާން ކުށްވެރިކުރާ ކަމަށާއި އަދި ދިވެހިންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ދައްކަން އުޅޭ އުޅުން ވެސް ކުށްވެރިކުރާ ކަމަށެވެ. އެގޮތުން މިއީ މިނިވަންކަމާއި، ހަމަހަމަކަން އަދި އިގްތިޞާދީ ފުދުންތެރިކަމުގެ ނިވަލުގައި އަމިއްލަ ސިޔާސީ ލަނޑުދަނޑިތަކެއް ހާސިލްކުރަން ނެރެފައިވާ ބަޔާނެއް ކަމަށް އަދާލަތުން ބުނެފައިވެއެވެ.

އަދާލަތުން ބުނީ، ދިވެހީންނަކީ، ކޮރަޕްޝަނަށް އަބަދުވެސް ނޫނެކޭ ބުނާ ބައެއް ކަމަށާއި ދިވެހިންނަކީ ހަމަހަމަ ކަމަށް ލޯބިކުރާ އެއްބައިވަންތަ ބައެއް ކަމަށެވެ.

އަދާލަތު އިތުރަށް ބުނީ، އެޕާޓީ ވުޖޫދުވުމުގެ މައިގަނޑު ބޭނުމަކީވެސް ގައުމުގައި ހިނގަމުން އަންނަ ރަނގަޅު ނޫން ކަންކަން ހަމަމަގަށް އެޅުވުމަށް ކަމަށާއި އެގޮތުން 2015 ވަނަ އަހަރު އެމްޑީޕީ އާއި ޖޭޕީ އަދި އެމްއާރުއެމް އާއެކު ކޯލިޝަން ހެދީ ކުރީގެ ވެރިކަމުގައި ހިނގާދިޔަ ކަންކަމާމެދު ހިތްހަމަ ނުޖެހުމުން ގައުމު ހަމަމަގަށް އެޅުވުމުގެ ބޭނުމުގައި ކަމަށެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު އިދިކޮޅު ޕީޕީއެމާއެކު ކޯލިޝަނެއް ހަދަން ވެސް ރައީސް ނަޝީދު ވަނީ ހުށަހަޅުއްވައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: