ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯޝަލް މީޑިއާއިން މިއަދު: ރޮޒެއިނާ އާއި އިންތިގެ ގަދަ ހިފުމެއް!

ފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މެމްބަރުން މަސައްކަތް ކުރާތީ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ދެއްކެވި ވާހަކައިގެ ސަބަބުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ދެމެދު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފި އެވެ.

އެމްޑީޕީގެ ތެރޭގައި ހިޔާލުތަފާތުވުންތައް އުފެދި، ސަރުކާރާއި ދެކޮޅަށް ޕާޓީގެ ބައެއް މެމްބަރުން ދަނީ ބަސް ބުނަމުންނެވެ. ހާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރަވަނީ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ނުފޫޒުގައި ޖެހިވަޑައިގެންކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާމުގެ ނަޒަރުގައި ރައްޔިތުން 2018 ގައި އެމްޑީޕީއާއި ވެރިކަން ހަވާލު ކުރި ސަބަބުތައް އޮޅި، އެމްޑީޕީގެ އަސާސްތަކާއި އުސޫލާއި ސަރުކާރުން ދަނީ ތަކުރާރުކޮށް ހިލާފުވަމުންނެވެ.

ރައީސް ސޯލިހާއި އެކު ސިޔާސީ ގޮތުން ދެން އިތުރަށް ކުރަން ބޭނުންވާ މަސައްކަތެއް ނެތްކަމަށް ބުނެ، ރައީސް ނަޝީދު ވަނީ ބަޔާނެއް އާއްމު ކުރައްވައި ބޭރުގެ ބައެއް މީޑިއާތަކަށް އިންޓަވިއު ވެސް ދެއްވާފަ އެވެ. އޭގެ ކުރިން ވެސް ސަރުކާރު ރަނގަޅަށް ފަންކްޝަން ނުކުރެވޭތީ ރައީސް ނަޝީދު ނުރުހުންފާޅު ކުރައްވާފައި ވެއެވެ.

ހިޔާލު ތަފާތުވުންތައް އުފެދިގެން އައީ، ސަރުކާރުގެ މަސައްކަތްތަކުގައި އެއް ފަރާތުގައި ހުންނަން ބޭނުން ނުވާތީ ބޮޑުވަޒީރެއްގެ ހައިސިއްޔަތުން ގައުމަށް ހިދުމަތް ކުރަން ބޭނުންވާކަމަށް ރައީސް ނަޝީދު ވިދާޅުވި ހިސާބުންނެވެ.

ދާދިފަހުން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަސްލަމް ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި އޮވެ ސަރުކާރާއި ދެބަސްވުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ. އަދި ޕާޓީން މަސައްކަތް ކުރަންޖެހޭނީ ސަރުކާރުގެ ދިފާއުގައި ކަމަށް ވެސް ވިދާޅުވި އެވެ.

އަސްލަމް ދެއްކެވި ވާހަކައަށް ރައީސް ނަޝީދާއި އަރިސް ބޭފުޅުން ވަނީ ނުރުހުން ފާޅު ކުރައްވާފަ އެވެ. އެގޮތުން އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައީ ވަކި ސިޔާސަތުތަކެއް މައްޗަށް އެކުލެވޭ، ރައްޔިތުން އެދޭ ވަކި ކަންތައްތަކެއް ކޮށްދޭނެ ކަމުގެ ވައުދާއި އެކު ކަމަށެވެ. އެހެން ކަމުން “ކޯލިޝަން ރުއްސަން އެމްޑީޕީ ބަލިކަށިކޮށްލުން ބަލައިގަނެވޭ ތޯ” ވައްޑެ ސުވާލު ކުރެއްވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ޓްވީޓެއް ކުރައްވައި ވިދާޅުވީ ހަރުކަށި ފިކުރުގެ ވާހަކަ ދައްކަވާ ހަމައެކަނި ލީޑަރަށް އަމާޒުކޮށް، ބޮން ގޮއްވާ ޒަހަމްކޮށްލުމުން، އެހާލުގައި އޮންނަވައި، އެ ދަރަޖައަށް ގައުމުދިޔަ ސަބަބާއި ހައްލު ކުރަން ފަސްޖެހެމުން ދާ ގޮތުގެ ވާހަކަ ދެއްކެވުމުން، އެކަމުގައި އެމްޑީޕީގެ ވަކި އެހެން މީހަކަށް ދެއްކެން އޮންނާނީ ކޮން ވާހަކައެއްތޯ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ދައްކަވާ ވާހަކަތަކާއި އެމްޑީޕީގެ މެމްބަރުންނަށް ދެކޮޅު ނުހެދޭނެކަމަށް އިންތި ވިދާޅުވުމުން، އޭނާއަށް ރައްދު ދެއްވައި ރޮޒެއިނާ ވަނީ “މިއީ ކަސްތޮޅު އެޅުވިފައި ތިބި ބައެއް ތިބި ތަނެއްތޯ” ސުވާލު ކުރައްވާފަ އެވެ.

އެހެންވެ، އިންތި ރޮޒެއިނާއަށް ރައްދު ދެއްވައި ވިދާޅުވީ އޭގެ ސަބަބަކީ ރައީސް ނަޝީދަށް ކުރާ އިތުބާރު ބޮޑުވުން ކަމަށެވެ. އަދި ރައީސް ނަޝީދަކީ އެމްޑީޕީގެ ވެސް ރައީސްކަމަށާއި، އެހެން ކަމުން ދެން ބުރަދަން ދޭން ވީ ކާކުގެ ވާހަކައަކަށްތޯ ސުވާލު ކުރެއްވި އެވެ.

“އެއީ ރޮޒެއިނާއަށް ވުރެ ބޮޑު އިތުބާރެއް ރައީސް ނަޝީދަށް އަހަރެން ކުރާތީ…. ހަރުކަށި ފިކުރުގެ ވާހަކަ ދައްކާ ހަމައެކަނި ލީޑާރ އެވަނީ ބޮން ގޮއްވާލާ ޒަހަމްކޮށްލާފައި… އެއީ އެ ވާހަކަ ދެއްކުމުން. ދެން ކާކުގެ ބަހަކަށް އަހަރެން ބުރަދަނެއް ދޭން ވީ؟” އިންތި

ރޮޒެއިނާ ވިދާޅުވީ، އިންތި ގަބޫލު ކުރަން ބޭނުންކަމަކާއި އެކު ކުރިޔަށް ދިއުމުގެ ފުރުސަތު އޭނާއަށް އެބައޮތް ކަމަށެވެ. އަދި ހަމައެފަދައިން އެހެން މީހެއްގެ ވިސްނުމާއި، ގަބޫލު ކުރާނެ ކަމެއް އިނގޭނީ އެ މީހަކަށްކަމަށް ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ އޭނާ ކަންބޮޑުވީ، ރައީސް ސޯލިހުގެ ދިފާއަށް އަސްލަމަށް ވާހަކަ ނުދެއްކޭނެކަމަށް އިންތި ވިދާޅުވީތީ ކަމަށެވެ.

“އެމްޕީ އަސްލަމް ފާޅު ކުރެއްވި ހިޔާލެއް އެހެން ނުބުނެވޭނެކަމަށް އިންތި ވިދާޅުވީމަ އަޅުގަނޑު ކަންބޮޑުވީ. އެންމެންގެ ވެސް މިނިވަންކަން އޮންނާނެ” ރޮޒެއިނާ

އަސްލަމް ބޭނުންވާ ހިޔާލެއް އޭނާއަށް ފާޅު ކުރެވޭނަމަ، ހަމަ އެ ގޮތުގެ މަތީން އޭނާ ގަބޫލު ކުރާ ގޮތް ވެސް ބުނެވޭނެކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި އޭނާގެ ހިޔާލެއް ހިއްސާ ކުރުމުން އެކަމާ ރޮޒެއިނާ ކަންބޮޑުވާންވީ ކީއްވެގެންތޯ އިންތި ސުވާލު ކުރެއްވި އެވެ.

ސޯޝަލް މީޑިއާގައި އެއް ބޭފުޅަކަށް އަނެއް ބޭފުޅަކަށް ރައްދު ދެއްވަމުން ގޮސް، އިންތި ކުރެއްވި އެންމެ ފަހު ޓްވީޓަށް ރޮޒެއިނާ ވިދާޅުވީ ރައީސް ނަޝީދު ނުވަތަ ރައީސް ސޯލިހު ވެސް އޭނާއަށް ގަބޫލު ނުކުރެވޭ ވާހަކަފުޅެއް ދައްކަވައިފިނަމަ އެކަމާއި ދެކޮޅު ހެދުމުގެ އިހުތިޔާރު އޮންނާނެ ކަމަށެވެ. އެހެން ކަމުން، ހިޔާލު ތަފާތުވުމުން، އެއީ ނުދެއްކޭނެ ވާހަކައެއްގެ ގޮތުގައި ބުނުމުގެ ޖާގައެއް ނޯންނާނެކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

އިންތި އާއި ދެކޮޅު ހަދައި، ރޮޒެއިނާ ޓްވީޓުތަކެއް ކުރެއްވުމުން އާއްމުންގެ މީހަކު ވަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތެރިންނަށް އަނިޔާކުރިއިރު ރޮޒެއިނާ ޑީއާރްޕީގައި ހުންނެވީ ޑިމޮކްރެޓިކް އުސޫލު އެނގޭތީތޯ ސުވާލުކުރައްވާފަ އެވެ. އަދި އެ ޓްވީޓަށް ޖަވާބު ދެއްވައި ރޮޒެއިނާ ވިދާޅުވީ އޭރު ޑީއާރްޕީގައި ތިބި ވަރަށް ގިނަ މީހުން މިއަދު އެމްޑީޕީ މީހުންނަށް ވެސް ވަރަށް ކަމުދާ ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވާހާ އެއްޗަކަށް އާނ ބަސް ބުނާނަމަ އެއީ އަސްލު އެމްޑީޕީ ކަމަށެވެ. އަދި ކިރިޔާ ވެސް ނުސީދާކޮށް ބަހެއް ބުނާނަމަ ޑީއާރުޕީ ފެކްޝަނަށް ވާ ކަމަށެވެ. ރޮޒެއިނާ ވަނީ އެކަން ޖޯކެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި 2023 ވަނަ އަހަރުގެ އިންތިހާބަށް ނިކުންނަވާނެކަން އިއުލާނު ކުރައްވާފައިވާ ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހިޔާލުތަފާތުވުން އުފެދިފައިވާކަން ހާމަކުރައްވައިފަ އެވެ. އަދި ސިޔާސީ ގޮތުން ދެން އިތުރަށް ދެ ބޭފުޅުނަށް މަސައްކަތް ކުރެވެން ނެތުމުން، އިދިކޮޅުގެ އެހީއަށް އެދެން ނިންމާފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެ ފަހުން ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް އިދިކޮޅާއި ޕީޕީއެމް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވަމުންނެވެ.

ރައީސް ނަޝީދުގެ ހުށަހެޅުންތަކެއް އައި ނަމަވެސް، އިދިކޮޅުން އެ ވާހަކަތަކަށް ރައްދު ދެމުން ބުނީ ރައީސް ނަޝީދާއި އެއް މޭޒެއްގައި ދައްކަންޖެހޭ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށްޓަކާ ރައީސް ނަޝީދުގެ އަރިހަށް ގޮސް ސިޔާސީ ގޮތުން ހަދަންޖެހޭ ޑީލެއް ވެސް ނޯންނާނެކަމަށް ވިދާޅުވި އެވެ.

އިދިކޮޅާއި އެކު މަސައްކަތް ކުރުމަށް ގެންގުޅުއްވާ ވިސްނުމާއި މެދު މެދު އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމަނުޖެހުނަސް މައްސަލައެއް ނެތް ކަަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އިދިކޮޅު ލީޑަރު، ރައީސް ޔާމީނާއި އެމަނިކުފާނުގެ ޕާޓީ ޕީޕީއެމުން މެދުމިނުގެ ސިޔާސަތުތަކަށް ތާއީދު ކުރާނަމަ އެހީއަށް އެދި ހުށަހަޅާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ނަޝީދުގެ ތާއީދުގައި އެމްޑީޕީގެ ގޮފިތަކާއި، އަދި ދާއިރާތައް ވަނީ ބަޔާންތައް އާއްމުކޮށްފަ އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: