ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޮޒައިނާއަަށް ވުރެ ބޮޑަށް ރައީސް ނަޝީދަށް އިތުބާރުކުރަން: އިންތި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއަށް ވުރެ ބޮޑަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިތުބާރު ކުރާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ހަރުކަށި ފިކުރުގެ ވާހަކަ ދައްކަވާ ހަމައެކަނި ލީޑަރަކީ ރައީސް ނަޝީދު ކަމަށާ ބޮން ގޮއްވާ އެމަނިކުފާނު ޒަހަމް ކޮށްލެއްވުމުން އެ ހާލުކޮޅުގައި އޮންނަވައިގެން ވެސް އެ ހާލަތަށް ގައުމު ދިޔަ ސަބަބާއި ހައްލު ކުރަން ފަސްޖެހެމުންދާ ގޮތުގެ ވާހަކަ ދެއްކެވުމުން ދެން އެކަމުގައި އެމްޑީޕީގެ ވަކި އެހެން މީހަކަށް ދެއްކެން އޮންނާނެ ވާހަކައެއް ނޯންނާނެ ކަމަށް އިންތި އިއްޔެ ވިދާޅުވުމުން ރޮޒައިނާ ވަނީ އިންތި އަށް ރައްދު ދެއްވާފައެވެ.

އެގޮތުން ރޮޒައިނާ ވަނީ އެމްޑީޕީގައި ތިބީ ކަސްތޮޅު އަޅުވާފައި ތިބި ބައެއްތޯ އިންތިގެ ކައިރީ އައްސަވާފައެވެ.

ރޮޒައިނާއަށް ރައްދު ދެއްވަމުން އިންތި މިއަދު ވިދާޅުވީ، ހަރުކަށި ފިކުރުގެ ވާހަކަ ދައްކަވާ ހަމައެކަނި ލީޑަރު އެވަނީ ބޮން ގޮއްވާ ޒަހަމްކޮށްލާފައި ކަމަށެވެ.

”ރޮޒައިނާއަށް ވުރެ އަހަރެން ރައީސް ނަޝީދަށް އިތުބާރުކުރަން.” އިންތި ވިދާޅުވިއެވެ.

ހަރުކަށި ފިކުރާއި ހައްދުފަހަނައެޅުމާއި އަދި ރާއްޖޭގައި އަޑީ ދައުލަތެއް އޮތް ކަމުގެ ވާހަކަތައް ނަޝީދު ވަރަށް ބޮޑަށް ދައްކަވަމުންގެންދަވާއިރު ދާދިފަހުން “އަދަދު” ނޫހަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ރާއްޖޭގައި އަޑީ ދައުލަތެއް އޮތްކަމުގެ އެއްވެސް ރިޕޯޓެއް ފުލުހުންގެ ފަރާތުން މިހާތަނަށް ލިބިވަޑައިގެންފައިނުވާ ކަމަށް ވިދާޅުވެފައެވެ.

އަދި ރާއްޖެއަކީ ކުރިއަރަމުން އަންނަ، ތަރައްގީއާއީ ތަހުޒީބާއި ޑިމޮކްރެސީއަށް ލޯބިކުރާ ވެއްޓެއް ގާއިމުވެފައި އޮތް ގައުމެއް ކަމަށާއި، ރާއްޖެ އަފްގާނިސްތާނުގައި އޮތް ޙާލަތަށް ދަތުރުކުރަމުން ވެސް ނުދާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ އެ ވާހަަތަކާ ގުޅިގެން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނާއި އަދި އެ ޕާޓީގެ އާންމު މެމްބަރުން ވެސް ވަނީ އޭނާ އަށް ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: