ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސްލު އެމްޑީޕީ އަކީ ރައީސް ނަޝީދު ވިދާޅުވާހާ އެއްޗަކަށް އާނއެކޭ ބުނުން: ރޮޒައިނާ

ރައީސް މުހައްމަދު ނަޝީދާއި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް---- ރޮޒެއިނާ ޕާޓީން ވަކި ކުރަން ހުށަހެޅުއްވީ ރައީސް ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަސްލު އެމްޑީޕީ މީހަކަށް ވަނީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާހާ އެއްޗަކަށް އާނއެކޭ ބުނުމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ހަރުކަށި ފިކުރުގެ ވާހަކަ ދައްކަވާ ހަމައެކަނި ލީޑަރަކީ ރައީސް ނަޝީދު ކަމަށާ ބޮން ގޮއްވާ އެމަނިކުފާނު ޒަހަމް ކޮށްލެއްވުމުން އެ ހާލުކޮޅުގައި އޮންނަވައިގެން ވެސް އެ ހާލަތަށް ގައުމު ދިޔަ ސަބަބާއި ހައްލު ކުރަން ފަސްޖެހެމުންދާ ގޮތުގެ ވާހަކަ ދެއްކެވުމުން ދެން އެކަމުގައި އެމްޑީޕީގެ ވަކި އެހެން މީހަކަށް ދެއްކެން އޮންނާނެ ވާހަކައެއް ނޯންނާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވި ވާހަކައަށް ރޮޒެއިނާ ދެކޮޅު ހެއްދެވުމާ ގުޅިގެން ނަޝީދުގެ ލޯޔަލް ސަޕޯޓަރުން އަންނަނީ ރޮޒައިނާއަށް ފާޑުކިޔަމުންނެވެ.

އެގޮތުން އެ ފަރާތުން ވަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތެރިންނަށް އަނިޔާކުރިއިރު ރޮޒެއިނާ ޑީއާރްޕީގައި ހުންނެވީ ޑިމޮކްރެޓިކް އުސޫލު އެނގޭތީތޯ ސުވާލުކުރައްވާފައެވެ.

އެ ޓްވީޓަށް ދެއްވި ޖަވާބުގައި ރޮޒެއިނާ ވިދާޅުވީ އޭރު ޑީއާރްޕީގައި ތިބި ވަރަށް ގިނަ މީހުން މިއަދު އެމްޑީޕީ މީހުންނަށް ވެސް ވަރަށް ކަމުދާ ކަމަށެވެ.

“ރައީސް ނަޝީދު ވިދާޅުވާހާ އެއްޗަކަށް އާނއެކޭ ބުނަންޏާ އެ އޮތީ އަސްލު އެމްޑީޕީ ވެފަ. ކިރިޔާ ވެސް ކަމުނުގޮސިއްޔާ އެ އޮތީ ޑީއާރްޕީ ވެފަ. މިއީ ބޮޑު ޖޯކެއް” ރޮޒެއިނާ ވިދާޅުވިއެވެ.

އަސްލު އެމްޑީޕީ ވާ ގޮތް މިހާރު ވަރަށް ސާފު ކަމަށާއި “ތީގެ އަަސްލަކަށް ނުވިޔަސް” ހެޔޮ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި ބައިބައިވުމާއި ހިޔާލުތަފާތުވުން ބޮޑުވެ ދެ ފެކްޝަނެއްގެ ގޮތުގައި ނުރަސްމީކޮށް ދަނީ މަސައްކަތް ކުރަމުންނެވެ. ބެލެވޭ ގޮތުގައި މެންބަރު އިމްތިޔާޒަކީ ރައީސް ނަޝީދުގެ ވަފާތެރި މެންބަރެކެވެ. ރޮޒައިނާ އަކީ ރައީސް ސޯލިހްގެ ވަފާތެރި މެންބަރެކެވެ. ރޮޒައިނާ ޕާޓީން ވަކިކުރަންވެސް ރައީސް ނަޝީދު ކުރީން ހުށައަޅުއްވާފައިވެއެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 57%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: