ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާއަށް ފަންޑު ކުރި ބަޔަކު ނެތޭ ބުނުމުން ސުވާލު އުފެދޭ: ވައްޑެ

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ އަށް ފަންޑު ކުރި ބަޔަކު ނެތް ކަމަށް ބުނުމުން ސުވާލު އުފެދޭ ކަމަށް އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ނަޝީދަށް އަމާޒުކޮށް މޭ މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަކީ ބަޔަކު ދުރާލާ ފަންޑުކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށް ތަހުގީގަށް މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ވަޒީފާއެއް އަދާނުކުރާ ބަޔަކު ވެހިކަލް ގަނެ، ގެސްޓްހައުސް/އެޕާޓްމެންޓްތައް ހިފައި، އެތައް ދުވަހެއް ވަންދެން އެތައް ރޭވުމެއް ރޭވުމުގައި ދެމިތިބިކަން ތަހުގީގަށް އެނގޭއިރު، މިކަމަށް ފަންޑުކުރި ބަޔަކު ނެތްކަން ދައްކަން ވާހަކަ ދެއްކުމުން ސުވާލު އުފެދޭ ކަމަށެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޒު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކޮށް ގޮއްވާލި ސައިކަލަކީ 2019 ވަނަ އަހަރު 18،000ރ. އަށް ގަތް ސައިކަލެއް ކަމަށެވެ. ހުޅުމާލެ ގަރާޖަކުން ހަމަލާއަށް ސައިކަލު ތައްޔާރުކުރުމުގެ ގޮތުން ސާވިސް ކުރި އެވެ. ބޮން ހެދުމަށް ވަކި އެޕާޓްމެންޓެއް ކުއްޔަށް ހިފާފައި ހުރި ކަމަށާއި އެކަމަށް ވެސް ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ.

މި ހަމަލާއާއި ގުޅިގެން މިހާތަނަށް 317 އަށް ވުރެ ގިނަ ބެންކް ސްޓޭޓްމެންޓާއި އަދި މިފަރާތްތަކާ ގުޅުންހުރި އާއިލާ މީހުންނާއި ރައްޓެހިންގެ އިތުރުން ގާތްމީހުންގެ ބެންކް ސްޓޭޓްމެންޓްތައް ވެސް ހަމަލާއާއި އެއްވެސް ގޮތަކަށް ގުޅުން އޮތްތޯ ބެލުމަށް އެނަލައިޒް ކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: