ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮން ގޮއްވަން ފަންޑުކުރި ފަރާތެއް ނެތޭ ބުނުމަކުން ހަމަ ބުއްދި އަށް ގަބޫލެއް ނުކުރޭ: ބޮންޑޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ހަމަލާ އަށް ކުރި ބަޔަކު ނެތް ކަމަށް ބުނުމުން ބުއްދި ގަބޫލު ނުކުރާ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު(ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ދާދި ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުالله ރިޔާޒް ވިދާޅުވީ މިއީ ފައިސާ ދީގެން ކުރުވި ކަމެއް ކަމަށް ނުބެލެވޭ ކަމަށާއި ބޮޑަށް ބެލެވެނީ މިއީ ނަފުރަތާއި އަދާވާތްތެރިކަމާއި ދީނީ ހިޔާލުތަފާތުވުމުގެ ރުޅީގައި ދީފައިވާ ހަމަލާއެއް ކަމަށެވެ. ނަމަވެސް މިއީ އަދިވެސް ތަހުގީގު ކުރިއަށްދާ މައްސަލައެއް ކަމަށް ވާތީ ފައިސާއާ ގުޅުން ހުރި ކަންކަން ބަލަމުންދާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ހަމަލާ ދިނީ ފައިސާ ދީގެން ކަމަށް ނުބެލެވުނު ނަމަވެސް މި ހަމަލާއާ ގުޅިގެން ސައިކަލް ގަންނަން 18،000 ރުފިޔާ އާއި އެޕާޓްމަންޓެއް ކުއްޔަށް ހިފައި ހަރަދުކޮށްފައިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ބޮންޑޭ ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ ޖޫންމަހުގެ ނިޔަލަށް އެކި ސްކޭމްތަކުން މަކަރާ ހީލަތުން މީހުންގެ އަތުން 7.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަތުލާފައިވާއިރު މިފައިސާތައް ގެންދިއަ ބަޔަކު ނުހޯދި ބޮން ގޮއްވަން ފަންޑުކުރިފަރާތެއް ނެތޭ ބުނުމަކުން ހަމަ ބުއްދިއެއް ގަބޫލެއް ނުކުރާނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޒު ވަނީ ނަޝީދަށް ހަމަލާ ދިން މީހުންނާއި، އެމަނިކުފާނަށް ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ ރަށްޓެއްސަކު އޭނާއާ ހިއްސާކުރި މައުލޫމާތުގައި ބުނާ ހަމަލާއާއި އެއްވެސް ގުޅުމެއް ނުވާ ކަމަށްވެސް ވިދާޅުވެފައެވެ.

“މިހާތަނަށް ސީދާ ގޮތުން އެ މައުލޫމާތާއި މި މައްސަލާގައި މި ހަމަލާ ދިން މީހުންގެ އަމަލާ ސީދާ ގޮތުން ގުޅުވޭނެ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ފެނިފައި ނުވާކަން އަޅުގަނޑު ފާހަގަ ކޮށްލަން،” ރިޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: