ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ފެއިލްވަމުންދާ ވަރަކަށް ރައީސް ޔާމީނަށް ބިރު ދެއްކުން ދަނީ އިތުރުވަމުން: އަދުރޭ

ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރު ފެއިލްވަމުންދާ ވަރަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބިރު ދެއްކުން އިތުރުވަމުންދާ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ރައީސް ޔާމީން، މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ހާޒިރުވާން އެންގުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އަދުރޭ ވިދާޅުވީ މި ސަރުކާރު ފެއިލްވަމުންދާ ވަރަކަށް ރައީސް ޔާމީނަށް ޖެއްސުން ކުރުމާ ބިރު ދެއްކުން އިތުރުވަމުންދާ ކަމަށެވެ.

”ރައީސް ޔާމީނަކީ މި ސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއްނޫން. ކޮންމެ ކަމަކާވެސް ކުރިމަތި ލައްވާނީ ފިސާރި ކެރިގެން ސާބިތުކަމާއެކު.” އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ އަންގާރަ ދުވަހު މަރު ކޮމިޝަނަށް ހާޒިރުވުމަށް ރައީސް ޔާމީން އަންގާފައިވާ ކަމަށެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީނާއި ގުޅޭގޮތުން ހިނގަމުންދަނީ ސިޔާސީ ކަންތައްތަކެއް ކަމަށާ ރައްޔިތުންނަށް އެކަންކަން ކޮންމެ ދުވަހަކު އިތުރަށް ސާފުވަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: