ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖުލީހުގެ މުވައްޒަފަކު ޖާބިރަށް ނިސްބަތްކޮށް އެއްޗެއް ބުނެފައިނުވާނެ: މަޖިލިސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖުލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުއަށް “ލޮލީ ޖާބިރު” ނަމުން ނިސްބަތްކޮށް ގޮވި ކަމަށް ޖާބިރު ތުހުމަތު ކުރައްވައި ދައްކަވާފައިވާ ވާހަކަތައް މަޖިލީހުގެ އިދާރާއިން ދޮގުކޮށްފިއެވެ.

ޖާބިރު “ވަގުތު” ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި މަޖުލީހުގެ އިދާރީ މުވައްޒަފަކު ވަނީ އޭނައާ ދިމާލަށް “ލޮލީ ޖާބިރު” ގެ ނަމުން މުޚާތަބުކޮށްފައި ކަމަށާއި ރަސްމީ ގަޑީގައި ވަޒީފާ އަދަކުރަމުންދާއިރު އިދާރާގެ ތެރޭގައި އެފަދަ ނަންނަމުން މުޚާތަބު ކުރެވިގެން ނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ މަޖުލީހުގެ އެއްވެސް އިދާރީ މުވައްޒަފަކު ޖާބިރަށް ނިސްބަތްކޮށް އެއްވެސް އެއްޗެއް ބުނެފައިނުވާކަމަށެވެ.

“އީދާރީ އެއްވެސް މުވައްޒަފަކު ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރަށް ނިސްބަތްކޮށް އެއްވެސް އެއްޗެއް ނުބުނާ ވާހަކަ ދަންނަވަން،” ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވެފައިވެއެވެ.

މިދިޔަ އަންގާރަ ދުވަހު މަޖިލީހުގެ ދޮރުމަތީގައި އިށީންދެ އިނދެ ޖާބިރު ވަނީ އަޑުގަދަ ކޮށް، އިހުތިޖާޖްކޮށްފައެވެ.

އެތަނުގައި އިނދެ  އަޑުގަދަކޮށް ވާހަކަ ދައްކަމުން، މަޖިލީހަށް ވަނުމުގެ ހުއްދަ ނުދިންކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާއި މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިސްތިއުފާއަށްވެސް ގޮވާލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: