ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައުލީމީ ދާއިރާގެ ވެކްސިނޭޝަން ކެމްޕޭނެއް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ރައްކާތެރިވުމަށް ތައުލީމީ ދާއިރާއަށް ވެކްސިނޭޝަން ކެމްޕޭނެއް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.

މި ކެމްޕެއިން ޕްރޮމޯޓްކުރުމަށް ސޯޝަލްމީޑިއާގައި “#ދަރިވަރުންނަށްރައްކާތެރިކަން.” ބޭނުންކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން އަދި ސްކޫލްތަކުން އަންނަނީ ސޯޝަލްމީޑިއާގައި ޕޯސްޓްތައް ހިއްސާކުރަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ކެމްޕެއިންގައި ކޯވިޑް19އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މުހިއްމުކަމާ ގުޅޭ މަޢުލޫމާތު ޓީޗަރުންނާއި، ތަޢުލީމީ ދާއިރާގެ މުއައްޒަފުން މެދުވެރިކޮށް ދެވޭނެ ކަމަށާއި މި ކެމްޕެއިން ސްކޫލްތަކުގައާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްދާނެ ކަމަށެވެ.

ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، ދަރިވަރުންނާއި ގުޅުންހުރި ހުރިހާ ފަރާތްތަކަކީވެސް ކޯވިޑް19 އިން ރައްކާތެރި ވުމަށް، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ހެދުމުގެ ގޮތުން އެޑިއުކޭޝަން ދާއިރާގެ ގިނަ އަދަދެއްގެ މުއައްޒަފުން މިހާރުވެސް ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.

އަދި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ސްކޫލްތަކުގައި ވަނީ ހަރުދަނާ ފިޔަވަޅު ތަކެއް އަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: