ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދާއެކު ރައީސް ޔާމީން ހައްދަވާނެ ސިއްރު ޑީލެއް ނޯންނާނެ: އަދުރޭ

ރައީސް ޔާމީނާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްދަވާނެ ސިއްރު ޑީލެއް ނޯންނާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ރައީސް ޔާމިން، ރައީސް ނަޝީދާއެކު ސިއްރު ޑީލެއް ހައްދަވާފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވުމާ ގުޅިގެންނެވެ.

އުމަރުގެ އެ ވާހަކަ ދޮގުކުރައްވައި އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ އެއްވެސް ބޭފުޅަކާއެކު ސިއްރު ޑީލް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށާއި ޢަމުދުން ރައީސް ނަޝީދާއެކު ރައީސް ޔާމީން ހައްދަވާނެ ޑީލެއް ނޯންނާނެ ކަމަށެވެ.

”ރާއްޖޭގެ ސިޔާސީ މައިދާނުގައި އެއްގޮތެއްގައި ސާބިތުވެ ހުންނެވި ހަމަ އެކަނީ ލީޑަރަކީ ރ.ޔާމީން. ރައްޔިތުންނަށް އެކަން ވަރަށް ސާފު.” އަދުރޭ ވިދާޅުވިއެވެ.

ރޭ ޓީވީ ޗެނަލް އަކުން ގެނެސްދިން ޕްރޮގްރާމެއްގައި އުމަރު ވިދާޅުވީ ރައީސް ޔާމީނާއި، ރައީސް ނަޝީދު މިހާރު ސިއްރު ޑީލެއް ހައްދަވާފައިވާ ކަމަށާއި ރައީސް ޔާމިންގެ ބޭނުންފުޅަކަށް ވާނީ ޖަލުން މިނިވަންވުން ކަމަށެވެ.

ހަމައެހެންމެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ވެސް ކޮންމެ ވެސް ކަމެއް ހުށަހަޅުއްވާފައި އޮންނާނެ ކަމަށާއި ސިޔާސީ މައިދާނުގައި ކަން އޮންނަ ގޮތަކީ އެއީ ކަމަށް އުމަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: