ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުވާކުރި މީހުންގެ މައްސަލަ ބެލުމަށް 3 ފަނޑިޔާރުންގެ ބެންޗެއް

ކްރިމިނަލް ކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާކޮށްފައިވާ މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބަލަން ތިން ފަޑިޔާރުންގެ ބެންޗެއް އެކުލަވާލައިފި އެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27)ގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައިވާކަމަށެވެ. އެހެންނަމަވެސް އެ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންނަކީ ކޮބައިކަން ހާމަކޮށްފައެއް ނުވެއެވެ.

ތަހުގީގު ނިންމުމަށްފަހު ފުލުހުން ވަނީ ފަސް މީހުންނަށް ދައުވާ ކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ. ނަމަވެސް ބޮމުގެ ހަމަލާ ދިނުމުގައި ބައިވެރިވުމުގެ ތުހުމަތަށް ހައްޔަރުކުރި އަހްމަދު ފާތިހަށް މިވަގުތު ދައުވާ ކުރެވެން ނެތް ކަމަށް އެ އޮފީހުން ވަނީ ކަނޑައަޅާފަ އެވެ. އެހެންވެ އޭނާ މިހާރު ވަނީ ބަންދުން ދޫކޮށްލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: