ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޅުވާލައިގެން ފައިސާ ހޯދާ ބޭންކް އެކައުންޓް ނަންބަރުތަކެއް ފުލުހުން އާންމުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އޮޅުވާލައިގެން މަކަރާ ހީލަތުން މީހުންގެ އަތުން ފައިސާ ހޯދަމުންދާ ބަޔަކު ބޭނުންކުރަމުން ގެންދާ އެކައުންޓް ނަންބަރުތަކެއް ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ އެކި ފަރާތްތަކުން ބޭނުންކުރަމުން ގެންދާ ފޭސްބުކް އެކައުންޓްތައް ހެކްކޮށް، އެ އެކައުންޓްތަކުގެ ވެރިފަރާތުގެ ނަމުގައި އެކިއެކި ފަރާތްތަކާ މުޢާމަލާތްކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުން ގެންދާ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުން ދާކަމަށެވެ.

އެގޮތުން ތިރީގައިވާ އެކައުންޓް ނަންބަރުތަކަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި އޮޅުވާލައިގެން ފައިސާ ޖަމާކުރުވާފައިވާ އެކައުންޓްތައްކަމަށް ފާހަގަ ކުރެވިފައިވާ އެކައުންޓްތަކުގެ ނަންބަރުތައް ކަމަށެވެ.

  • 7730000304660
  • 7730000089422
  • 7730000042772
  • 7730000364429
  • 7730000203888
  • 7770000000544

ފުލުހުން ބުނީ ފޭސްބުކް އެކައުންޓްތައް މެދުވެރިކޮށް ނުވަތަ އެހެނިގެން ގޮތްގޮތުން ނަމަވެސް ކުރެވުނު މުއާމަލާތެއްގެ ތެރެއިން، މަތީގައިވާ އެކައުންޓަކަށް ނުވަތަ އެކައުންޓްތަކަކަށް ފައިސާ ފޮނުވައި، މި ކުށުގެ ޝިކާރަކައަކަށް ވެފައިވާ އިތުރު ފަރާތްތަކެއް ވާނަމަ އެކަން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: