ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޑިވަރު ފަޅުން ވެލިނަގާ މައްސަލަ މަޖިލީހަށް

ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޝިޔާން
ޝެއާރކޮށްލާ ކަހަލަދޯ؟

އއ. ރަސްދޫ ފަޅުތެރޭގައި އޮންނަ މަޑިވަރު ފަޅުން ވެލި ނަގަމުންދާތީ އެކަން ހުއްޓުވާ ދާއިމީ ހައްލެއް ހޯދަން ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހަޅާފައިވަނީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާނެވެ. މިމައްސަލައަށް މަޖިލީހުގައި ބަހުސް ކުރުމަށް ފާސްކޮށްފައިވަނީ 31 މެމްބަރުންގެ ވޯޓުންނެވެ.

ޝިޔާން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ރަސްދޫ މަޑިވަރު ސަރަހައްދުގައި ގިނަ ބާވަތްތަކެއްގެ ކަނޑުގެ ދިރުން ލިބިގެންވާތީ އީޕީއޭ އިން 2018 ވަނަ އަހަރު ހިމާޔަތް ކުރެވިފައިވާ ސަރަހައްދެކެވެ. މި ސަރަހައްދު ނެތިފަނާވެގެންދާގޮތަށް ވެލިފިނޮޅު ހިއްކަމުންގެންދާތީ އެކަން ހުއްޓުވުމަށް ސަރުކާރުގެ އިދާރާތަކަށް ގޮވާލައި މިމައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުން އެދި މަޖިލީހަށް މައްސަލަ ހުށަހަޅާކަމަށެވެ.

ޝިޔާން ވިދާޅުވީ ރިސޯޓުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ އެ ރަށެއްގެ ހޭޅި ފަށުން ފެށިގެން 500 މީޓަރުގެ އެތެރޭގައި ކަމަށް ޓޫރިޒަމް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް ވެލި ފިނޮޅުގެ ނަމުގައި ވެލިގަނޑު ރިސޯޓުން ބޮޑު ކުރަމުންދާ ފަސްގަނޑު ތަރައްގީ ކުރަނީ އެ ރިސޯޓުގެ ބައުންޑްރީގެ ބޭރުން ކަމަށާއި އެކަމުގެ ޝަކުވާ ކެނޑިނޭޅި ރައްޔިތުންގެ ފަރާތުން ލިބޭ ކަމަށް ޝިޔާން ވިދާޅުވިއެވެ.

“ވެލި ފިނޮޅު ބޮޑު ކުރުމަށް ވެލި ނެގުމަށް ހިލަ ބާރޖެއް ކައިރިކުރުމަށް ވަގުތީ ވެލި ބެޑެއް ޖެހުމުގެ ސަބަބުން އެއިގެ ސެޑިމެނަޓޭޝަން ފެތުރި ސަރަހައްދުގެ މުރަކަތަކުގެ ދިރުމަށް އަސަރުކޮށްފައި ވުމާއި އެ ސަރަހައްދުގެ ކަހަނބު ޕޮއިޓާއި ހަމަހެޑް ޝާރކް ޕޮއިންޓު ކިލަނބުވެ އެ ނުފެންނާތީ އެޝަކުވާވެސް ލިބެމުން ދެއެވެ.” ޝީޔާންގެ މައްސަލައިގައި ބުނެފައިވެއެވެ.

އިތުރަށް މި މައްސަލައިގައި ޝިޔާން ބުނެފައިވަނީ ވެލިގަނޑު ރިޒޯޓު މެނޭޖުމަންޓުން ހިމާޔަތް ކުރެވިފައިވާ މިސަރަހައްދާއި ކައިރިން ފަސް ނަގައި ހިއްކުމުގެ ސަބަބުން ޒަމާނުއްސުރެ މިސަރަހައްދުގައި އޮންނަ “ކަނޑީފިނޮޅު” މިހާރު ނެތިގޮސްފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: