ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަމާލެ ބްރިޖް މަޝްރޫއުގައި ސޮއި ކުރައްވަން ރައީސް ސޯލިހު ވަޑައިނުގަތުމުން އަދުރޭގެ ފާޑުކިޔުން

ވަނަ އަހަރުވެސް ވަރަށް ފޯރިއަރުވާ އެމްޑީޕީން ދައްކަމުންދިޔައީ "ވެރިކަން ނުވެއްޓޭނެ" ކަމުގެ ވާހަކަ - އަބްދުއްރަހީމް: --- ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖް އެއްބަސްވުމުގައި ސޮއި ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިނުގަތުމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފާޑުވިދާޅުވެއްޖެއެވެ.

ބުރިޖު އަޅަން އެފްކޮންސް އިންފްރާސްޓަރަކްޗަރ ލިމިޓެޑާއި އެކު ސޮއިކޮށްފައިވަނީ މިކަމަށް ހާއްސަކޮށް މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައެވެ. އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އިންޑީއާގެ އެފްކޮންސް އިންފްރާސްޓަރަކްޗާއިން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް އެފްކޯން، އާރް އަންދަ ކުމާރެވެ.

މިކަމާ ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިލަމާލެ ބުރިޖުގައި ސޮއިކުރި ރަސްމިއްޔާތަށް ރައީސް ޞާލިޙް ވެސް އަދި ނައިބް ރައީސް ފައިޞަލް ނަސީމް ވެސް ވަޑައި ނުގަތުމަކީ އެ ޕްރޮޖެކްޓާ މެދު ޚުދު ރައީސް ޞާލިޙަށް ވެސް ޔަގީންކަން ނެތްކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

ބްރިޖް އަދި ކޯސްވޭ އިން މާލެއާއި ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެވިގެންދާއިރު، 100 މިލިޔަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޖެކްޓަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޗެކްޓަށް ވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: