ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމެޓީ މަސައްކަތްތައް ގިނަވުމުންކަމަށް ބުނެ މިއަދުގެ މަޖިލީހުގެ ޖަލްސާ ކެންސަލް!

މަޖިލިސްގެ ރިޔާސަތުގައި ހުސްވި ހަފްތާގައި އިންނެވީ މެމްބަރު ހަސަން އަފީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމެޓީ މަސައްކަތްތައް ގިނަވުމުންކަމަށް ބުނެ މިއަދުގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.

މަޖިލީހުގެ ޖަލްސާތައް އާންމު ގޮތެއްގައި ކުރިއަށް ގެންދަނީ ކޮންމެ ހަފްތާއެއްގެވެސް ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ. ތިން ދަންފަޅިއަށް ބަހާލައިގެން ޖަލްސާތައް އާންމުގޮތެއްގައި ކުރިއަށް ގެންދަނީ ހެނދުނު 9:00އިން މެންދުރު 2:00އާއި ހަމައަށެވެ.

އިއްޔެގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނަވާ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުގައި ވަރަށް ގިނަ މަސައްކަތްތައް ފުނިޖެހިފައި އެބަހުރި ކަމަށެވެ. އެހެންކަމުން އެމަސައްކަތްތައް ނިންމުމަށް ވަގުތު ދިނުމަށްޓަކައި މިއަދު މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދިޔުމަށް ނިންމަވާފައިވާކަމަށް ރިޔާސަތުން ހާމަކުރިއެވެ.

މިދެ ދުވަހުގެ ޖަލްސާ ކުރިއަށް ގެންދިޔައިރު ރިޔާސަތުގައި އިންނެވީ މެމްބަރު ހަސަން އަފީފެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންފައިނުވާއިރު، މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވެސް މަޖިލީހުގެ ޖަލްސާތަކަށް މިދިޔަ ދެދުވަހު ހާޒިރުވެވަޑައިގެންފައިނުވެއެވެ.

ފާއިތުވި ދެދުވަހުގެ ޖަލްސާތަައް ފާހަގަކުރެވިގެން ދިޔައީ އާދަޔާ ޚިލާފަށް އަޑުގަދަ އަދި ނިޒާމީ ނުކުތާތައް ގިނަ ޖަލްސާތަކެއްގެ ގޮތުގައެވެ. އިދިކޮޅު ކޯލިޝަންގެ ފަރާތުން ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗްގައި ތިއްބެވި ބޭފުޅުންގެ ލީކުވި އޯޑިޔޯތަކުގެ މައްސަލަ މަޖިލީހުން ބަލަން އިދިކޮޅަށް ފުރުސަތު ލިބިފައިނުވުމާއެކު އިދިކޮޅުން ވަނީ މަޖިލީހުގެ ތެރޭގައި އިހުތިޖާޖްވެސް ކޮށްފައެވެ. އަދި މިއާއެކު އެމްޑީޕީ މެމްބަރުންގެ ނިޒާމީ ނުކުތާތައްވެސް ވަރަށް ބޮޑަށް ގިނަވެ، އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުން ބޭރުކުރުމަށް އެމްޑީޕީ މެމްބަރުން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ. އަދި މަޖިލީހުގައި މަސައްކަތްކުރެވޭވަރުގެ ނިޒާމެއް ނުވަތަ އެފުރުސަތު ނެތްކަން އެމްޑީޕީ މެމްބަރުން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ރިޔާސަތު ބެލެހެއްޓެވި މެމްބަރު އަފީފް މިއިން އެއްވެސް މެމްބަރަކަށް ފިޔަވަޅެއް އަޅުއްވާފައެއް ނުވެއެވެ. އެކަމާއި ގުޅިގެން އެމްޑިޕީ މެމްބަރުންގެ ފާޑުކިޔުންތައްވެސް މެމްބަރު އަފީފަށް ވަނީ ކުރިމަތިވެފައެވެ.

ކޮމެޓީ މަސައްކަތްތަކަށް ބަލާލާއިރު، މަޖިލީހުގެ ނައިބް ރައީސް އީވާވެސް ވަނީ މިވަގުތު މަޖިލީހުގެ ތަޅުމަށް މާ ގިނަ މަސައްކަތްތަކެއް ހުށައެޅިފައިނުވާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ކޮމެޓީ މަރުހަލާގައި ގިނަ މަސައްކަތްތަކެއް ހުރިކަން އީވާ ވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ. އެގޮތުން ނަފްރަތު އުފެއްދުން ހުއްޓުވުމަށް ފޮނުވާފައިވާ ދެބިލުވެސް މިވަގުތު އޮތީ ކޮމެޓީ މަރުހަލާގައެވެ. އަދި އެސްއޯއީ ކޮމެޓީއިން ދިރާސާކުރަމުން އަންނަ ފޮރިން ސާވިސްގެ ބިލާއި ލާމަރުކަޒީ ކޮމެޓީއިން ދިރާސާކުރަމުން އަންނަ ފަޅު ރަށްރަށާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތްތައްވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: