ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހުތިޖާޖުގައި ބައިވެރިވުމުން ރައީސް ޔާމީނަށް ފިޔަވަޅު އަޅައިފި، ދިނީ ނަސޭހަތް

އިދިކޮޅުން އިންތިޒާމުކޮށްގެން ބޭއްވި އިހުތިޖާޖުގެ ތެރެއިން ރައީސް ޔާމީން، އެމަނިކުފާނު މިވަގުތު ހުންނެވީ ގޭ ބަންދުގައި/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް ޕީއެންސީން “އިންސާފު ހޯދަން” ނަމުގައި މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގައި، ގެކޮޅުގައި ހުންނަވާ ނުސީދާކޮށް، ބައިވެރިވި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނަސޭހަތް ދީ މައްސަލަ ނިންމާލައިފިއެވެ.

މި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އަޅާފައިވާ ފިޔަވަޅަކީ އެފަދަ ކަމެއް ތަކުރާރުނުކުރުމަށް ލިޔުމުން ނަސޭހަތް ދިނުންކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުންޏެވެ.

މިދިޔަ ހުކުރުދުވަހު އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅުކަމަށްވާ ހ.ދޫވަހި ގައި ހުންނަވައިގެން ކުޑަދޮރުން މުޒާހަރާގެ ބައިވެރިންނަށް އިޝާރާތްކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޤައުމީ ދިދައަކާއި ޕީޕީއެމްގެ ދިދަ ވިހުރުވާފައެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: