ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އިންތިހާބުގައި އެހެން ޕާޓީތަކުގެ މެމްބަރުންނަށް ވޯޓު ލެވޭ ކަމަށް ބުނެ ރޮޒައިނާގެ ނުރުހުން!

އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓުގައި އެހެން ޕާޓީތަކުގެ މެމްބަރުންނަށް ވޯޓު ލެވޭ ކަމަށް ބުނެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ނުރުހުން ފާޅުކޮށްފިއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓްލެވޭ މީހުންގެ ދާއިމީ ލިސްޓު ރޭ ވަނީ އާންމުކޮށްފައެވެ. ރޭ އާންމު ކުރި ލިސްޓްގައި 92،743 މީހެއްގެ ނަން ހިމަނާފައި އެބަ އޮތެވެ.

މި ލިސްޓު އާންމުކުރުމާ ގުޅިގެން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި އެހެން ޕާޓީތަކުގެ ރަޖިސްޓްރީގައި ތިބޭ މީހުންނަށް ވޯޓު ލެވެންވީ ކީއްވެގެންތޯ އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ޓެގް ކުރައްވައި ސުވާލުކުރައްވާފައެވެ.

“އައްޑޫ މީދޫގެ ޕީޕީއެމް ކައުންސިލަރު ވެސް އެބައޮތް އެމްޑީޕީގެ ވޯޓާސް ލިސްޓުގައި. މީ ބޮޑު ޖޯކެއްނު. މިކަން މިހެން ބަލައެއް ނުގަނެވޭނެ” ރޮޒެއިނާ ވިދާޅުވިއެވެ.

އެމްޑީޕީން ބުނީ ލިސްޓް ފައިނަލްކުރުމުގައި މައިގަނޑު ތިން ކެޓެގެރީއެއްގެ މީހުންގެ ޝަކުވާއަށް ރިއާޔަތް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ބައެއް މީހުންގެ ނަން އުނިވެފައިވާ ކެޓެގެރީ އާއި ޕާޓީގެ މެންބަރުން ނޫން އެހެން މީހުންގެ މެންބަރުންގެ ގޮތުގައި ތިބި ކަމަށް ބުނާ ކެޓެގެރީ އާއި އެހެން ސިޔާސީ ޕާޓީއެއްގައި ނަން އޮވެގެން ނަން އުނިކުރެވިފައިވާ މީހުންގެ ކެޓެގެރީ ހިމެނޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: