ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ސާވެންޓުންގެ އުންމީދުތައް ހާސިލްކޮށްދޭން ޖެހޭ: ޝަހީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ސާވެންޓުންގެ އުންމީދުތައް ހާސިލްކޮށްދޭން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސިވިލް ސަރވިސްގެ މުވައްޒަަފުން މިއަދު ވަނީ ކަޅުހެދުމުގައި ނިކުމެ އެމީހުންގެ ހިތްހަމަނުޖެހުން ފާޅުކުރަން ފަށާފައެވެ. ސިވިލް ސާވީސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއެކު ކުރަމުންދާ ހިމޭން އިހްތިޖާޖުގައި ބައިވެރިވެރިވުމުގެ ގޮތުން ގިނަ އަދަދެއްގެ ސިވިލް ސަރވިސް މުވައްޒަފުން މިއަދު ވަޒީފާއަށް ނިކުތީ ކަޅު ހެދުމުގައި އެވެ.

މިކަމާ ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިވިލްސާވަންޓުންގެ ޞުލްޙަވެރި އިޙުތިޖާޖުގައި ބައިވެރިވާ ކަމަށާއި ސިވިލްސާވަންޓުންނަކީ މިޤައުމު ބިނާކުރުމުގައި އެންމެ މުހިންމު ޚިދުމަތްތައް އަދާކުރާ ޤައުމާއި ދައުލަތުގެ ޚިދުމަތުގެ މައިބަދަ ކަމަށެވެ.

”އެމީހުންގެ އުންމީދުތައް ޙާޞިލުކޮށްދިނުމަކީ ޤައުމަށާއި މުޖުތަމަޢަށް ދިރުން ލިބިގެންދާނެކަމެއް.” ޝަހީމް ވިދާޅުވިއެވެ.

ދިވެހި ސިވިލް ސާވެންޓު އެސޯސިއޭޝަނުން އިސްނަގައިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ އެ ހަރަކާތުގައި އެމީހުންގެ ގޮވާލަނީ އެންމެ ކުޑަ އުޖޫރަ އަސާސީ މުސާރަ ކަމުގައި ކަނޑައަޅައިދީ ލިވިން އެލަވަންސް ލިބޭނެ ގޮތް ހަމަޖައްސާދިނުމަށެވެ. މީގެ އިތުރުން ފައިސާގެ މަސައްކަތްކުރާނަމަ ތިޖުރީ ބަލަހައްޓާ މުވައްޒަފުން ހިމެނޭ ގޮތައް ރިސްކް އެލަވަންސް ހަމަޖައްސާދީ ހުރިހާ މަގާތަކަށް ސެޓްފިކެޓް ކުރިއެރުން ލިބޭނެ ގޮތް ހަމަ ޖައްސާދިނުން ވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: