ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން އުޅެވުނީތީ ހިތާމަކުރަން: އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު/ މީގެ ކުރިން ރާއްޖެ އޮތީ އެންމެ ގޯސް ހާލަތަށް ވެސް ތައްޔާރަށްކަމަށް ވިދާޅުވީ އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން އުޅެވުނީތީ ހިތާމަކުރައްވާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، އެއިރުގެ ސަރުކާރު ބަދަލު ކުރުމަށް މަސައްކަތް ކުރެވުނީތީ ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ރައީސް ޔާމީނުގެ އެކައުންޓުތައް ވަކި މުއްދަތެއްގައި ފުރީޒުކުރާނެ ކަމަށް ރާއްޖެޓީވީއަށް އަރާވަޑައިގެން ވިދާޅުވީ އޭނާ ކަމަށެވެ. އެފަދައިން ވިދާޅުވީ އެކަން ކުރެވޭނެ ކަމުގެ އުންމީދުގައި ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރެވުނުކަން އެންމެނަށްވެސް އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން މިރެއިން މިރެއަށް މިނިވަން ކުރަން ޖެހޭ ކަމަށާއި އެމްއެމްޕީއާރުސީގެ މައްސަލާގައި ޔާމީންގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރެވޭނެކަން މި ސަރުކާރަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

“އަޅުގަނޑު ރައީސް ޔާމީންގެ ވެރިކަން ރައްޔިތުންގެ އިންތިހާބުން ބަދަލުކުރުމަށް މަސައްކަތް ކުރިން. މިއަދު އެކަމާ ހިތާމަކުރަން” އަލީ ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުން ފުރަތަމަ މަސައްކަތް ކުރީ ރައީސް ޔާމީން ޖަލަށް ލެއްވުމަށް ނޫން ކަމަށާ ރައީސް ޔާމީން ޖަލަށް ލެއްވުމަށް ނިންމެވީ އިދިކޮޅު ކޯލިޝަނުން މާބޮޑެތި ޖަލްސާތަކެއް ބޭއްވެވުމުން ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: