ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހުގެ މައްޗަށް ކުރި ތުހުމަތުތައް ތަހުގީގު ކޮށް ފިޔަވަޅު އެޅުމަށް އަދުރޭ ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެންގެވި ކަމަށް ބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް އަލީ ވަހީދު ކުރި ތުހުމަތުތައް ތަހުގީގު ކޮށް ފިޔަވަޅު އެޅުމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ގޮވާލައިފިއެވެ.

އިނގިރޭސި ވިލާތުގައި ހުންނަވައިގެން ރޭ ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ރެހެނދިފްލެޓުން ކަޅު ދަބަސް އުފުލި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ބޭފުޅުން ހިމެނޭ ކަމަށެވެ. އެކަޅު ދަބަހުގައި އުފުލީ 35 މިލިއަން ރުފިޔާ ކަމަށާއި އެއީ އޭރުގެ ނައިބު ރައީސް އަހްމަދު އަދީބު ދިން ދަބަހެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ނަން ވިދާޅުވެ ނުވެ ގިނަ އިރުތަކެއް ވަންދެން ވިދާޅުވީ ރެހެނދި ފްލެޓުތަކުން ކަޅު ދަބަސް އުފުލީ އެމްޑީޕީގެ އެންމެ އިސް ފަސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި އޭރު އޭނާ ހުންނެވިރު ކަޅު ދަބަސް އުފުއްލެވީ ރައީސް ސޯލިހް ކަމަށް ފަހުން ނަން ކަނޑައަޅުއްވާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމާ އެމްއެމްޕީއާރުސީގެ ފައިސާއާ ގުޅޭގޮތުން މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ރައީސް ސޯލިޙުގެ މައްޗަށް ކުރެއްވި ތުހުމަތުތައް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ވަގުތުން ތަޙުގީގު ކުރައްވާ ފިޔަވަޅު އަޅުއްވައި ދެއްވުމަށް ގޮވާލާ ކަމަށެވެ.

އަލީ ވަހީދު ރޭ ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަގައި ޕީޖީއިން ކަންކުރާ ގޮތާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އަދި ރައީސް ސޯލިހް އުފުއްލެވި ދަބަހުގައި ގެންދެވި ފައިސާ ބޭނުން ކުރެއްވީ ކޮންކަމަކަށްކަމެއް ސާފު ނުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: