ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްސޭރި ޖަލުގައި ގައިދީން ޓީބީއަށް ސްކްރީން ކުރަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ކ، ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ތިބި ގައިދީނަށް ޓީބީ ސްކްރީނިންގ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމް ހޮސްޕިޓަލްއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޓީބީ ސްކްރީނިންގ ޕްރޮގްރާމަށް އައްސޭރި ޖަލުގެ މުވައްޒަފުން ތައްޔާރުކުރުމުގެ ގޮތުން، އެޗްޕީއޭ އަދި އައިޖީއެމް ހޮސްޕިޓަލްގެ ޓީމެއް ވަނީ މި މަހުގެ 19 ވަނަ ދުވަހު އައްސޭރި ޖަލަށް ޒިޔާރަތްކޮށް، އެ ޖަލުގައި މަސައްކަތްކުރާ ހަތަރު ނަރުހަކަށާއި ހިންމަފުށި ހެލްތް ސެންޓަރުގައި މަސައްކަތްކުރާ ދެ ނަރުހަކަށް ޓީބީ އާއި ސާމްޕަލް ކަލެކްޝަން އާ ބެހޭގޮތުން ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.

އައްސޭރި ޖަލުގެ ހުރިހާ ޤައިދީންނަށް އަމާޒުކޮށްފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. މިގޮތުން މިއަދު 71 ޤައިދީންގެ ސާމްޕަލް ވަނީ ނަގާފައެވެ.

ކަރެކްޝަންސް އިން ބުނީ ޓީބީ ސްކްރީނިންގ ޕްރޮގްރާމަކީ ޖަލުތަކުގައި ބަންދުކުރެވިފައިވާ ފަރާތްތަކަށް ދުޅަހެޔޮ ސިއްޙަތަކާއި ޖަލުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހުރިހާ ޖަލެއްގައި ވެސް ރެންޑަމްކޮށް އެކި ދުވަސްވަރު ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: