ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑާ ގުޅިގެން އާސަންދައިން ހިދުމަތް ދިނުމުގަ ކަނޑައެޅި ބައެއް އުސޫލުތަކަށް ބަދަލު ގެނެސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ދިނުމުގަ ކަނޑައެޅި ބައެއް ޚާއްސަ އުސޫލުތަކަށް ބަދަލު ގެނެސްފިއެވެ.

އާސަންދައިން ބުނީ ކޮވިޑް-19އާ ގުޅިގެން ޤައުމު ފުރަބަންދުކޮށް، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދުމުގައި ޢާއްމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން، ކުންފުނިން ދީފައިވާ އިރުޝާދުތަކަށް ބަދަލުގެންނަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ކޮވިޑް19އާ ގުޅިގެން ދިގު މުއްދަތަކަށް ބޭސް ކާންޖެހޭ ފަރާތްތަކަށް ދޫކުރާ ކޮންމެ ބޭސް ސިޓީއަކަށް ދެ ފަހަރަށް ބޭސް ނެގޭ ގޮތަށް ކަނޑައެޅި އުސޫލު ބާތިލުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަންނަ މަހުން ފެށިގެން މިފަދަ ބޭސްސިޓީތަކަށް ބޭސް ދޫކުރާނީ އެންމެ ފަހަރަކު ކަމަށާއި ދެވަނަ ފަހަރަށް ބޭސް ނެގޭނީ އަނެއްކާވެސް ޑޮކްޓަރު އާ ބޭސްސިޓީއެއް ލިޔެދެއްވެމުން ކަމަށް އާސަންދައިން ބުނެއެވެ.

މީގެ އިތުރުން، ކޮވިޑް-19އާ ގުޅިގެން، 1 ޖެނުއަރީ 2020 އިން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށް 28 ދުވަސް ވުމަށް ފަހުވެސް މަންމަގެ އައިޑީކާޑުން ޚިދުމަތް ދެމުން ގެންދިޔަ ނަމަވެސް، މިއަހަރުގެ ނޮވެމްބަރު މަހުން ފެށިގެން، ކުރިންވެސް އޮތް އުސޫލާ އެއްގޮތަށް، ކުއްޖާއަށް 28 ދުވަސް ވުމަށް ފަހު އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ލިބޭނީ ކުއްޖާއަށް ވަކި އައިޑީ ކާޑެއް ހައްދައިގެން ކަމަށް އާސަންދައިން ބުނެއެވެ.

މިވަގުތު އައިޑީކާޑު، ޕާސްޕޯޓް އަދި ޑްރައިވިން ލައިސަންސުގެ އަސްލު، ކޮޕީ އަދި ފޮޓޯއަށް އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ދިން ނަމަވެސް އާސަންދައިގެ އުސޫލަކީ އައިޑީ ނުވަތަ ޕާސްޕޯޓް ކާޑުގެ އަސްލަށް ޚިދުމަތް ދިނުންކަމުގައި ވާތީ، ހުރިހާ ފަރާތްތަކުންވެސް އައިޑީކާޑު ހެއްދުމަށާއި އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދާއިރު ކާޑުގެ އަސްލު ދެއްކުމަށް އާސަންދައިން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: