ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަތިވެރި ރައްޔިތުންނަކީ ޓެރަރިސްޓުން ކަމަށް ޖާބިރު ވިދާޅުވި މައްސަލަ ބަލަން ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އއ. މަތިވެރި ރައްޔިތުންނަކީ ޓެރަރިސްޓުންކަމަށް ސިފަވާ ގޮތަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދެއްކެވި ވާހަކަތައް މަޖިލީހުން ބަލައިދިނުމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ގޮވާލައްވައިފިއެވެ.

ޖާބިރު އިއްޔެ މަތިވެރިއަށް ވަޑައިގަތުމުން އޭނާއާ ދެކޮޅަށް ރައްޔިތުން ވަނީ ނިކުމެ އިހުތިޖާޖު ކުރަން ފަށާފައެވެ. އަދި ގިނައިރުތަކެއް ވަންދެން އެރަށު ފުލުހުންގެ ހިމާޔަތުގައި ހުރުމަށްފަހު ޖާބިރު ވަނީ ރަށުން ފައިބާފައެވެ.

އެކަމާ ގުޅޭގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ މިވަގުތު ރާއްޖޭގެ އެއްވެސް މީހަކު މަތިވެރިއަށް ދިއުން ރަނގަޅު ނޫންކަމަށާއި، އެރަށުގައި ތިބީ އައެސްއައިއެސްއަށް ނިސްބަތްވާ ބައެއްކަމަށެވެ.

މިކަމާ ގުޅިގެން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މަތިވެރި ދާއިރާގެ މެމްބަރު ވިދާޅުވީ މަތިވެރީގެ ރައްޔިތުންނާއި ދިމާލަށް ހަޑިހުތުރު ބަހުން ވާހަކަ ދައްކައި، މަތިވެރީގެ އެތައް ރައްޔިތުންނަކަށް ދޭންޖެހޭ ފައިސާ ނުދީ އޮތް މައްސަލައަކީ ބަލެންޖެހޭ މައްސަލައެއްކަމަށެވެ.

މަތިވެރީގެ އެންމެ ރީތި ސަރަހައްދުން ގެސްޓު ހައުސް ހިންގަން ޖާބިރުގެ ކުންފުންޏަށް ދީފައިވާއިރު، އެތަނުގެ ކުލި އެތައް ދުވަހަކު ނުދައްކައި، ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭއިރު މިކަން ކަމައިބެހޭ ފަރާތްތަކުން ނުބަލައި އޮތުމަކީ ކަންބޮޑުވުކަމެއްކަމަށެވެ. އޭނާ ވަނީ މިކަން ތަހުގީގްކޮށް މަތިވެރީ ރައްޔިތުންނަށް އިންސާފު ގާއިމްކޮށް ދިނުމަށް ކަމާއިބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

އަދި ރައްޔިތުން އެކަމާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރުމުން، އެ ރައްޔިތުންނަކީ ޓެރަރިސްޓުންކަމަށް ސިފަކުރުން ކުށްވެރިކުރާކަމަށް ޒަރީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: