ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ ގާނޫނާ ހިލާފަށް: ދައުލަތް

ސުޕްރީމް ކޯޓުގެ އިސްތިއުނާފު އަޑުއެހުމުގައި ރައީސް ޔާމީން އަބްުދުލްގައްޔޫމް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ދައުލަތުން ބުނެފިއެވެ.

ކްރިމިނަލް ކޯޓުން ޔާމީނަށް އިއްވާފައިވާ ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއިދުކޮށްފަ އެވެ. އެއަށްފަހު ޔާމީންގެ ފަރާތުން ވަނީ 22 އިސްތިއުނާފީ ނުކުތާއާއެކު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

މިއަދު ސުޕްރީމް ކޯޓުގައި ދިޔަ އިސްތިއުނާފީ އަޑުއެހުމުގައި ދައުލަތް ތަމްސީލް ކުރައްވާ ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލުން ފުރަތަމަ ފާހަގަ ކުރެއްވި ކަމަކީ ރައީސް ޔާމީން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ ފަނޑިޔާރުންގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދާ ޚިލާފަށް ކަމަށެވެ. ދައުލަތުގެ ވަކީލް ވިދާޅުވާ ގޮތުގައި، ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެވޭނީ ހައި ކޯޓުގައި ހިނގި މައްސަލާގައި ގާނޫނާ ކަނޑައެޅިގެން ޚިލާފަށް ކަމެއް ކޮށްފައި އޮތުމުންނެވެ. އެކަމަކު އެފަދަ ކަމެއް ނެތް ކަމަށް ވަކީލް ވިދާޅުވިއެވެ.

ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި 22 އިސްތިއުނާފީ ނުކުތާއެއް ފާހަގަ ކުރައްވާފައިވާއިރު، މިއަދު އެ ޝަރީއަތުގައި ކުރިއަށްދާ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ޔާމީންގެ އެ ނުކުތާތަކަށް ދައުލަތުން ޖަވާބު ދެއްވުމެވެ.

ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލުހުކުމާއެކު ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ، ހުކުމާއި އެއްގޮތަށް ދައްކަމުން ނުދާތީ އެފައިސާ އެއްފަހަރާ ދެއްކުމުގެ އަމުރަކަށް ބަންޑާރަ ނާއިބުގެ އޮފީހުން ސިވިލް ކޯޓުގައި ވަނީ އެދިފައެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންނަކީ، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: