ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ވެކްސިން ޑިޖިޓަލް ޕާސްޕޯޓް ތައާރަފުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިނަ ދިފާޢުވުމަށް ވެކްސިން ޖަހާފައިވާ މީހުން އެނގޭނެ ޑިޖިޓަލް ޕާސްޕޯޓް މިއަދު ތައާރަފުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ covidsafe.gov.mv މެދުވެރިކޮށް ވެކްސިންގެ ޑޯޒާއި ކޮވިޑަށް ޓެސްޓުކުރި ނަތީޖާތައް ފެންނާނެ ކަމަށެވެ.

މި ޕޯޓަލް ބޭނުންކުރާނެ ގޮތް:

▪︎ covidsafe.gov.mv ޕޯޓަލް އަށް ވަނުމުން އައިޑީކާޑު/ ޕާސްޕޯޓު ނަމްބަރު ޖެހުމަށްފަހު ފޯނު ނަމްބަރު ޖަހަން އަރާނެ
▪︎ އޯޓީޕީ ޖެހުމަށް ފަހު ޕޯޓަލްއަށް ވަދެވޭނެ
▪︎ މައުލޫމާތުތައް ރައްކާތެރިކުރުމަށް ޕޯޓަލް އަށް ވަދެވޭނީ އެޗްޕީއޭ އަށް ކުރިން ދީފައިވާ ފޯނު ނަމްބަރުން އެކަނި
▪︎ އެމީހެއްގެ ކޮވިޑް ސްޓޭޓަސްގެ މައުލޫމާތު ކިއުއާރު ކޯޑަކުން އެހެން މީހުންނަށް ވަކި ވަގުތެއް ވަންދެން ހިއްސާކުރެވޭނެ އަދި ވެކްސިން ސެޓްފިކެޓް ޕްރިންޓުކުރެވޭނެ

ރާއްޖޭގެ ކޯވިޑްސޭފް ޕޯޓަލް އަކީ މިނިސްޓްރީ އޮފް ހެލްތުގެ ރަސްމީ ކޮވިޑް-19 ޑިޖިޓަލް ވެކްސިން ޕާސްޕޯޓް
ކޯވިޑްސޭފް އިން ތިރީގައިވާ ޙާލަތުތައް ޑިޖިޓަލް ކޮށް ކަށަވަރު ކޮށްދޭ

  • ވެކްސިން ޑޯޒު
  • ކޯވިޑް 19 ގެ ސިއްޙީ ޙާލަތު
  • ކަރަންޓީން ޙާލަތު
  • އެންމެ ފަހުގެ ކޯވިޑް 19 ޓެސްޓުތަކުގެ ނަތީޖާ
ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: