ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަފްރާޝިމްގެ މަރަށް އިންސާފު ނުހޯދުމަކީ ލަދުވެތިކަމެއް: ވައްޑެ

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝިމް އަލީގެ މަރަށް އިންސާފު ނުހޯދި 9 އަހަރު ވެގެންދިޔުމަކީ ލަދުވެތި ކަމެއް ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރުކަން މިހާރު ކުރައްވަމުން ގެންދަވާ މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ އޮކްޓޯބަރު އެއްވަނަ ދުވަހުގެ ރޭ ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ދެމީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރިއެވެ. އޭގެތެރެއިން އެ މައްސަލަ ސާބިތުވީ ހ.ލޮބީ ހުސެއިން ހުމާމުގެ މައްޗަށް އެކަންޏެވެ.

ވައްޑެ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަފްރާޝިމްގެ ވަރަށް ލާއިންސާނީ ރަހުމުކުޑަ އަނިޔާދީ އަވަހާރަކޮށްލިތާ ބަރާބަރު 9 އަހަރު ވެފައިވާ ކަމަށާއި މި ޖަރީމާގައި ބައިވެރިވި ފަރާތްތަކާއި، ފަހަތުގައި ތިބި ބަޔަކު ނުހޯދި، އިންސާފު ޤާއިމް ނުކުރެވި މިހާ ދިގު މުއްދަތެއް ފާއިތުވެގެން ދިޔުމަކީ ލަދުވެތިކަމުގެ އިންތިހާ ކަމަށެވެ.

“މިފަދަ ޖަރީމާތައް ބަލައި، ޢާއިލާތަކަށް އިންސާފު ހޯދައިދިނުމަކީ މިވެރިކަމުގެ އެންމެ ބޮޑު ވަޢުދު ކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެ” ވައްޑެ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް އަހަރުވާން ކައިރިވެފައި ވަނިކޮށް ޑރ އަފްރާޝީމްގެ މަރުގެ ތަހުގީގުކޮށް ރައީސް ސާލިހު އުފެއްދެވި މަރު ކޮމިޝަނުން ރިޕޯޓް އާންމުކުރިއެވެ.

ރިޕޯޓުގައިވާ ގޮތުން އަފްރާޝީމް އަވަހާރަކޮށްލި މީހުނާއި އެކަން ކުރި ސަބަބު ހޯދަން މަރުގެ ކޮމިޝަނުން ކުރި ތަހުގީގު ބިނާ ކޮށްފައި ވަނީ ހަތަރު ކަމެއްގެ މައްޗަށެވެ. އެއް ކަމަކީ އަފްރާޝީމް އަވަހާރަކޮށްލީ އޭރު އިދިކޮޅުގައި ތިބި އެމްޑީޕީގެ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދެއް ހާސިލު ކުރާށެވެ. ދެވަނަ ކަމަކީ އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ އޭނާ އެވަގުތު ހުންނެވި ޕީޕީއެމްގެ ތެރޭގައި އޮތް ސިޔާސީ ވާދަވެރި ކަމެއްގެ ސަބަބުން ޖެހުނު މައްސަލަތަކުގެ ތެރެއިންނެވެ. ތިން ވަނަ ކަމަކީ އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރިއަ ނުދިނުމަށްޓަކައި އެ ޕާޓީގެ ބޮލުގައި އޭނާގެ މަރުގެ ތުހުމަތު އެޅުމުގެ ބޭނުމުގައި ސިޔާސީ އެހެން ބައެކެވެ. އަދި ފަހު ކަމެއްގެ ގޮތުން ތަހުގީގު ފޯކަސްކޮށްފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލީ ދީނީ ގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުމެއްގެ ތެރޭގައި ދީނީ ހަރުކަށި ބައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: