ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖާބިރަށް ހަމަލާ ދީގެން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު އއ. މަތިވެރިއަށް ޖާބިރު ވަޑައިގެންނެވުމުން ހިންގި ހަމަނުޖެހުމުގެ ތެރޭގައި އޭނާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކުރިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަކުރީ 42 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެކެވެ. އަދި އެ މީހުންގެ ބަންދަށް ކޯޓުން ޖެހީ 7 ދުވަހެވެ.

ނަމަވެސް މިހާރު އެމީހުން ދޫކޮށްލާފައިވަނީ ތަހުގީގަށް ބޭނުންވާވަރަށް މައުލޫމާތު ނެގުމަށްފަހުކަމަށް މައުލޫމާތުލިބެއެވެ.

ޖާބިރާ ދެކޮޅަށް މަތިވެރީގައި ރައްޔިތުން އިހުތިޖާޖު ކުރިފަހުން ޖާބިރު ވަނީ އެމްއެންޑީއެފްގެ ސެކިއުރިޓީ އޭނާއަށް ހަމަޖައްސައިދިނުމަށް މަޖިލީހުގައި އެދިފައެވެ. އަދި ޖާބިރު ސެކިއުރިޓީ ހަމަޖައްސައިދިނުމަށް މަޖިލީހުން ވަނީ އެމްއެންޑީއެފްގައި އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: