ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ކޯޓުގައި ރައީސް ޔާމީނަކީ މިނިވަނެއް: އާދަމް ޝަރީފް

ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ކޯޓުގައި ރައީސް ޔާމީނަކީ ކުށްވެރިއެއް ނޫންކަމަށާއި ރައްޔިތުން މިއަދު ރައީސް ޔާމީންއަކީ މައުސޫމް ބޭފުޅެއްކަމުގައި ރައްޔިތުން ކަނޑައަޅާފައިވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަޑުއެހުންތައް ނިމިގެން ދިޔަ ގޮތާމެދު މިތިބީ މާޔޫސްވެގެންނެއް ނޫން ކަމަށާއި ސުޕްރީމް ކޯޓުން އަދުލުވެރި ހުކުމެއް އިއްވާދެއްވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ މައްސަލައިގެ ސީޣާއާއި ގުޅުމެއްނެތް ތަހްގީގުކުރި މައްސަލައާއި ގުޅުމެއްނެތް ދައުވާއެއް ކަމަށާއި ސަރުކާރުން ޝާރީއަތުގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ މިންވަރު ހުކުމް ކުރަމުންދިޔައީ ކަނޑައެޅިގެން ނިފާގުހެކި ބޭނުން ކުރަމުންކަމަށެވެ. އެހެންކަމުން އެދުވަހުވެސް އަދި މިއަދުވެސް ރައްޔިތުންގެ ކޯޓުގައި ރައީސް ޔާމީނަކީ މިނިވަނެއް ކަމަށާއި ކުށްވެރިއެއް ނޫންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

“އަޅުގަނޑުމެން މިއަދުވެސް ގަބޫލުކުރަމުންދަނީ ރައީސް ޔާމީންއަކީ އަނިޔާ ލިބެމުންދާ، މިމައްސަލައިގައި ސަރުކާރުން އަނިޔާ ދެމުންދާ މީހެއްކަން. އަޅުގަނޑުމެން މިތިބީ ދޫކުރާ ގޮތަކަށް ނޫން. ރައީސް ޔާމީނުގެ މިހާރު ހިނގަމުންދާ ޝަރީއަތަކީ ހައްގާ ބާތިލާ ދެމެދު ކުރެވޭ ހަނގުރާމައެއް. މިހަނގުރާމައިގައި މިހާރު އަސީރަކަށް ވެވަޑައިގެންފައިވާއިރު ހަނގުރާމައިގެ ދިދަ ލިބިފައިވަނީ ތިޔަބޭފުޅުންގެ އަތްމައްޗަށް. މިހަނގުރާމަ ރަނގަޅަށް ކާމިޔާބު ވަންދެން ދިދަ ހިއްޕަވައިގެން މަސައްކަތް ކުރަން އެބަޖެހޭ.” އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ރޮކެޓް ސްޕީޑްގައި ގައުމު ތަރައްޤީ ކުރަމުން ދިޔައިރު މިގައުމަށް މިހާރުވެސް ޣައްދާރުވެފައިވާ މީހުން އޭރުވެސް ދިޔައީ ޣައްދާރުވަމުން ކަމަށާއި، މިގައުމަށް އިންޑިޔާ ސިފައިން އަރަންގޮވާލީ މިހާރު ވެރިކަމުގައި ތިބި މީހުން ކަމަށެވެ. އެއީ ގައުމުގެ ޚާއިނުން ކަމަށާއި އެމީޙުން އޭރުއެކަން ކޮށްފައި މިއަދު ވެރިކަމުގައި އެތިބީ ގައުމުގެ މިނިވަންކަމާ ސިޔާދަތު ވިއްކާލާފައިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިހާރު މިސްކިތްތަކަށް އަރާ ވަރަށް ހަޑި މުޑުދާރު ކަންތައްތަކެއް ކުރަމުންދާ ކަމަށާއި މިފަދަ ކަންކަމަކީ ރޭވިގެން ގަސްތުގައި ހިނގާ ކަންތައްތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިގައުމުފޮތޮ ފޮތި ކޮށްފައި މިގައުމު ވިއްކަމުންދާއިރު މިގައުމުގެ އިސްލާމްދީނަށް މިހާބޮޑެތި ގޮންޖެހުން ކުރިމަތި ވަމުން ދާއިރު، މިގައުމުގެ ސިޔާދަތަށް މިނިވަންކަން ގެއްލިގެން ދާއިރު، ގައުމުގެ ވެރިކަމަށް އަންނާން ތިބި މީހުންނާއި ވެރިކަން ކޮށްފައިތިބި މީހުންނާ މިގައުމުގެ މަތިވެރި ގަދަރާ އިއްޒަތް ދީފައި ތިއްބެވި ބޭފުޅުން މިއަދު އެއްވެސް އެއްޗެއް ވިދާޅު ނުވެ ޗުއްޕުވެސް ވިދާޅުނުވެ އެތިއްބަވަނީ ކީއްވެ ބާވައޭ؟ މިފަދަ އެތައް ބޭފުޅުންނެއް ތިއްބެވިއިރު މިގައުމަށް މިޖެހިގެން އުޅޭ ހާލާ މި ނުކުޅެދުންތެރިކަން އިހްސާސް ނުކުރެވޭ ކަމަށް ވެއްޖިއްޔާ އެއިން މީހަކަށް ދުވަހަކުވެސް މިގައުމުގެ ވެރިކަމެއް ހަލާލެއް ނުވާނެއޭ. ހައްގެއް ނުވާނެއޭ.” އާދަމް ޝަރީފް ވިދާޅުވިއެވެ.

މިއަދު ރާއްޖޭގައި މިއޮތް ސަރުކާރު ސިފަ ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ މިއީ ފަޅޯގަހެއްނަމަ އެހެރީ ވާ ކާ ހިސާބަށް ގޮސް އޭގެ ބޭނުން ކެނޑޭ ހިސާބަށް ގޮއްސަ ކަމަށާއި މިހާރު ހަލުވާލިޔަސް ގަހުބުޑަށް ވެއްޓޭގޮތަށް މިސަރުކާރު ވެއްޓޭނެ ކަމަށެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި މަގުމައްޗަށް ވެސް ނުކުންނާނެ ކަމަށާއި މުޒާހަރާވެސް ކުރާނެ ކަމަށާއި ގާނޫނީ އިމުގެ ތެރެއިން މި ސަރުކާރު ބަލިކަށިކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ޕީޕީއެމް ޕީއެންސީން ކުރާނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: