ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިސާއާ ނުލާ ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރެވޭ ގޮތް ހަދައިފި

އިންޑިއާގެ އެންބަސީ ކައިރީ ވެހިކަލްތައް ޕާކު ނުކުރެވޭ ގޮތް ހެދުން
ޝެއާރކޮށްލާ ކަހަލަދޯ؟

ވިސާއާ ނުލައި ދިވެހިންނަށް އަނެއްކާ ވެސް އިންޑިއާއަށް ދަތުރުކުރެވޭ އުސޫލު އެގައުމުން އިއާދަކޮށްފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނީ މި މަހުގެ 15 އިން ފެށިގެން ބޭސްފަރުވާ، ވިޔަފާރި އަދި އެހެނިހެން ބޭނުންތަކަށް އިންޑިއާ އަށް ދަތުރުކުރާ ފަރާތްތަކަށް ވިސާއާ ނުލާ ދަތުރުކުރެވޭނެ ކަމަށެވެ. ރާއްޖެ އަކީ ކޮވިޑްގެ ފިޔަވަޅުތައް އިންޑިއާގައި އެޅިފަހުން ވިސާއާ ނުލާ އެގައުމަށް ދަތުރުކުރުމަށް ހުއްދަ ދިން ފުރަތަމަ ގައުމެވެ.

ދިވެހިން އިންޑިއާއަށް ދާއިރު ވިސާ ނަގަން ޖެހޭ ގޮތަށް ހެދީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެ ގައުމު ބަންދު ކުރުމާއި ގުޅިގެންނެވެ. އެހެން ގައުމުތަކަށް އިންޑިއާ ބަންދުވީ ނަމަވެސް ވިސާ ނަގައިގެން ދަތި އުސޫލެއްގެ ތެރެއިން ދިވެހިންނަށް އެ ގައުމަށް އެތެރެވުމަށް ހާއްސަ ހުއްދައެއް ދިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: