ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައިން ތާހިރުވާން ފުރަތަމަ ޖެހެނީ ރައީސް ސޯލިހު: އަދުރޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީގެ ވާހަކަވިޔަސް އަދި އެހެން ވާހަކައެއް ވިޔަސް ދައްކަންވާނީ ގައިން ތާހިރު ވެގެން ކަމަށާއި އެކަން އެންމެ ފުރަތަމަ ކުރައްވަން ޖެހޭ ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ޖުމްހޫރީ ދުވަހު ރައީސް ސާލިހު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

އަދުރޭ ވިދާޅުވީ ރައީސް ސާލިހަށް ތުހުމަތުކޮށް ދެކެވޭ ވަރަށް ގިނަ ވާހަކަތަކުން އެމަނިކުފާނު ސަލާމަތްވެ ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

“އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން 37 މިލިއަނަށްވުރެ ގިނަ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކަމަށް އެމަނިކުފާނުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރ ވިދާޅުވުމުން އެމަނިކުފާނު އެބަޖެހޭ އެއަށް ޖަވާބުދާރީވެ ވަޑައިގަންނަވަން. އެތުހުމަތުން އެބަޖެހޭ ބަރީއަވެ ވަޑައިގަންނަވަން. ބަރީއަވެވަޑައިގަތުމަށްޓަކައި، ގައިން ތާހިރުވުމަށްޓަކައި މަނިކުފާނު ކުރައްވަން ވީ ކަމަކީ މަސްއޫލިއްޔަތުން އެއްފަރާތްވެވަޑައިގަތުން” އަދުރޭ ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ ގިނަ ޣައްދާރުން ނިސްބަތްވަނީ ރައީސް ސޯލިހު ވެސް މިއަދު ނިސްބަތްވާ އާއިލާއަށް ކަމަށާއި ކެރަފާ އާއިލާއާއި ސިއްކަ އާއިލާ ގައިންތާހިރުވެގެން ނޫނީ މިބޭފުޅުންނަށް ސިޔާސީ ވާހަކައެއް ނުދެއްކޭނެ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ރާއްޖޭގެ ތާރީޚު ދައްކާ ހަގީގަތް ހާމަވާއިރު ރައީސް ސޯލިހާއި އެމަނިކުފާނުގެ އާއިލާއަށްވުރެ ނުތާހިރު އާއިލާއެއް ނެތޭ ބުނުމަކީ ހަގީގަތާ ޚިލާފު ވާހަކައަކަށް ނުވާނެ ކަމަށެވެ. އަދި ރަނގަޅު ކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީ ރައީސް ސޯލިހު މަގާމުން އިސްތިއުފާދެއްވުން ކަމަށާއި އެމަނިކުފާނު އިސްތިއުފާ ދެއްވައިގެން ނޫނީ ސަރުކާރުވެސް ދައުލަތްވެސް ރަނގަޅުކުރެވެން ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: