ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޯނިއާ އަދި ރާއްޖޭގެ ކަނޑުތަކާއި ބެހޭ އެއްބަސްވުން ސިއްރު ކުރާ މާއްދާއެއް ނެތް؟

ދޯސްތީ މިޝަން ތަމްރީނުގެ ތެރެެއިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި އިންޑިއާ ދެމެދު ވެފައިވާ ޑޯނިއާ އަދި ހައިޑްރޮގްރަފީ އެއްބަސްވުމުގައި ހިމެނޭ ކަންކަން ސިއްރު ކުރަން ލާޒިމު ކުރާ އެއްވެސް މާއްދާއެއް ލިޔެކިއުންތަކުގައި ނެތްކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ދެ ގައުމުގެ ދެމެދު ވެފައިވާ ސިއްރު އެއްބަސްވުންތަކުން ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި މަޖިލީހުގެ ސަލާމީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ވަނީ ގައުމީ ދިފާއީ ބާރާއި ބައްދަލުކޮށްފަ އެވެ. އަދި ޑޯނިއާއާއި ހައިޑްރޯގްރަފީ އެއްބަސްވުމާއި ބެހޭ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ކޮމިޓީގެ މެމްބަރުންނަށް ވަނީ ހުށަހަޅާފަ އެވެ. ޕްރެޒެންޓޭޝަނުގެ ތަފްސީލު ދިނުމުގެ ބައި ކުރިޔަށް ގެންދިޔައީ ސިއްރުކޮށްގެން ކަމުން އޭގައި ހިމޭނޭ މާ ތަފްސީލީ މައުލޫމާތުތައް މީޑިއާތަކަށް ސާފެއް ނޫނެވެ. އެހެން ނަމަވެސް މީގެ ކުރިން އެނގިފައި ނެތް އެތައް މައުލޫމާތެއް ކޮމިޓީގައި އެމްއެންޑީއެފްގެ ފަރާތުންނާއި، ކޯސްޓްގާޑުން ހިއްސާ ކުރި އެވެ.

އޭގެ ތެރޭގައި ރާއްޖޭގައި ޑޯނިއާ އަދި ހެލިކޮޕްޓަރު ބެލެހެއްޓުމަށް ދިބި އިންޑިއާ އޮފިސަރުންގެ އަދަދާއި، ހައިޑްރޯގްރަފީ އެއްބަސްވުމުން ލިބޭ ބައެއް މާލީ މަންފާތަކުގެ ވާހަކަތައް ހިމެނެ އެވެ.

ޕްރެޒެންޓޭޝަނަށް ފަހު ސުވާލަށް ހުޅުވާލުމުން މެމްބަރުންގެ ގިނަ ސުވާލުތައް އަމާޒުވި އެވެ. އޭގެ ތެރެއިން އުޝާމް ސުވާލު ކުރެއްވީ އެއްބަސްވުން ސިއްރު ވާނެކަމަށް ބުނާ މާއްދާާއި ގުޅޭ ގޮތުންނެވެ. އެފަދަ އެއްވެސް މާއްދާއެއް ނެތި، ޕްރެސް ކޮންފަރެންސްތަކާއި ބައްދަލުވުންތަކުގައި އެ މައުލޫމާތު ދޭން ދެކޮޅު ހަދާ ސަބަބާއި ގުޅޭގޮތުން ސުވާލު ކުރުމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ބައެއް ކަންކަން ސިއްރު ކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ބަޔާން ކުރާ މާއްދާއެއް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

“ތިބޭފުޅުން ތި ހިއްސާ ކުރެއްވި ދެ އެގްރިމެންޓަށް ވަރަށް ޖެނެރަލް ސުވާލެއް ކުރަން ބޭނުންވީ… މި ދެ އެގްރިމެންޓުގަ ވެސް ލެޓާ އޮފް އެޗްޗޭންޖުގައި ވެސް، ފަހުން ހިއްސާ ކުރި އެގްރިމެންޓުގައި ވެސް އަޅުގަނޑަކަށް ފާހަގައެއް ނުކުރެވުނު އެއްވެސް ކަހަލަ ކޮންފިޑެންޝިއަލިޓީ ކްލޯޒްއެއް އޮތްކަމަކަށް… މާނައަކީ ތިބޭފުޅުންނަށް މި އެގްރިމެންޓުތައް އާއްމު ކުރުމަށް ވެސް އަދި އަޅުގަނޑުމެންނާއި ހިއްސާ ކުރުމަށް ވެސް މި އެގްރިމެންޓުގައި ނެތް ހާލަތެއްގައި އެ ހާމަކުރުމަށް ތިބޭފުޅުން ތި އިއުތިރާޒު ކުރައްވަނީ… އެއީ ކޮން ސަބަބަކާއި ހުރެތޯ…” އުޝާމް ވިދާޅުވި އެވެ.

ކުރު ގޮތަކަށް އެއީ “އެހެން އޮންނާތީކަމަށް ބުނެ” މާރިޔާ ދިން ޖަވާބާއި މެދު ހިތްހަމަ ނުޖެހި އުޝާމް ވިދާޅުވީ، ޑޯނިއާ އެއްބަސްވުމުގައި ކޮންފިޑެންޝިއަލް ނުވަތަ ހިފަހައްޓަން ޖެހޭ މައުލޫމާތެއްކަމަށް ބުނަނީ ޑޯނިއާ ބޭނުންކޮށްގެން ހިންގާ އޮޕަރޭޝަނެއްގައި ލިބޭ ކްލެސިފައިޑް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ސަރުކާރަށް ގަބޫލު ކުރެވޭ ނާޒުކު ހޯދުމެއް ކަމަށެވެ. މިއީ އެއްވެސް ހާލެއްގައި މުޅި އެއްބަސްވުން ސިއްރު ކުރާ ވާހަކަ އަންނަ މާއްދާއެއް ނޫންކަން އުޝާމް ފާހަގަ ކުރެއްވި އެވެ.
“އެގްރިމެންޓުގައި ނެތް އެފަދަ އެއްވެސް ވާހަކައެއް… އެއީ ކޮން މާއްދާއެއްކަން ވިދާޅުވެދެއްވަފާނަން ތޯ..” އުޝާމް
މާރިޔާ ވިދާޅުވީ އެ މާއްދާ އަންނަނީ ކޮންފިޑެންޝިއާލިޓީގެ ދަށުން ކަމަށެވެ. އެއްބަސްވުން ސިއްރު ކުރާ ސަބަބާއި މެދު އުޝާމް ކުރި ސުވާލަށް މާރިޔާ ޖަވާބު ދެއްވަން މަސައްކަތް ކުރީ ވަރަށް ކުރު ގޮތަކަށެވެ.
އެހާ ހިސާބުން ކޮމިޓީގެ އަޑު ކަނޑާލައި މަޝްވަރާތަކެއް ކުރެވުނެވެ. ބެލެވޭ ގޮތުން ވާހަކަ ދެކެވުނީ އެ މާއްދާއާއި ބެހޭ ގޮތުންނެވެ.
“ތި ވިދާޅުވާ މާއްދާ އަޅުގަނޑަށް ވެސް އެބަ ސާފުވޭ، އެހެން ނަމަވެސް ހަމަ ގައިމުވެސް އަޅުގަނޑަކަށް ނުފެނުނު މި އެގްރިމެންޓު ފޮނުވުމަށް ނުވަތަ ދައްކަން އުޒުރުވެރިވާން ޖެހޭ އެއްވެސް ސަބަބެއް” އުޝާމް ތަކުރާރު ކުރެއްވި އެވެ.
އެއާއި އެކު އުޝާމް ވިދާޅުވީ ކުރިޔަށް ގެންދާ އޮޕަރޭޝަނެއްގެ ތެރެއިން ލިބޭ މައުލޫމާތެއް ނުވަތަ އާ ހޯދުންތަކުގެ ތަފްސީލެއް އެއްވެސް ބަޔަކާއި ހިއްސާކޮށްގެން ނުވާނެ ކަމަށެވެ. މާރިޔާ ރިއާޔަތް ކުރައްވާ މާއްދާ ފެށެނީ ވެސް މައުލޫމާތު ތަކުގެ ތެރެއިން ކްލެސިފައިޑް ނުވަތަ ނުރައްކާ ވެދާނެ ނާޒުކު މައުލޫމާތު އެއް ކުރުމުގައި އަމަލު ކުރާ އުސޫލެއްގެ ވާހަކަކަމަށް އޭނޭ ވިދާޅުވި އެވެ. އެހެން ކަމުން އެގްރިމެންޓު ކޮމިޓީ އާއި ހިއްސާ ކުރުން މަނާވާ އެއްވެސް ސަބަބެއް ނުފެންނަކަމަށް އުޝާމް ވިދާޅުވި އެވެެ.
އުޝާމްގެ ވާހަކަތަކަށް ތާއީދު ކުރައްވައި ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އުތުރުތިލަފުޅު އެއްބަސްވުން ކޮމިޓީއަށް ހުށަހެޅިއިރު އޭގެ ތެރެއިން އެގްރިމެންޓު ސިއްރު ކުރާ މާއްދާއެއް އޮތް ކަމަށެވެ. އެހެން ނަމަވެސް މި އެގްރިމެންޓު ސިއްރު ކުރަންޖެހޭ ފަދަ އެއްވެސް ވާހަކައެއް ނެތްކަން އަސްލަމް ވެސް ފާހަގަކުރެއްވި އެވެ.
ދެ ގަޑިއިރަށް ދެމިގެން ދިޔަ ކޮމިޓީގެ ގިނަ ވަގުތު ދިޔައީ ޕްރެޒެންޓޭޝަން ހުށަހެޅުމަށެވެ. އެބައި ކުރިޔަށް ގެންދިޔައީ ސިއްރު ކޮމިޓީއެއްގަ އެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: