ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރާންސްޕޯޓްއިން ހިދުމަތްދޭ ސްޕީޑް ކުރިއަށްވުރެ އަވަސްވާނެ: މިނިސްޓަރ

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓް މިނިސްޓްރީއިން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ސްޕީޑް ކުރިއަށްވުރެ މިހާރު އަވަސްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ތިން އަހަރު ފުރުމާއި ގުޅިގެން ސަންގު ޓީވީއިން ކުރިއަށްގެންދިޔަ ޚާއްސަ ކަވަރޭޖްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީއިން ފޯރުކޮށްދެމުންދިޔަ ހިދުމަތްތަކުގައި ލަސްކަމެއް ހުރިކަން ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް، ހިދުމަތްތައް ފޯރުކޮށްދިނުމުގެ ސްޕީޑް ކުރިއަށްވުރެ މިހާރު އަވަސްވާނެ ކަމަށާއި އިތުރަށް އެކަން ފުރިހަމަކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީއިން ފޯރުކޮށްދޭ ހިދުމަތްތަކުގައި ލަސްކަމެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އެކަން އެގޮތަށް ދިމާވީ ބޭނުންކުރަމުންދިޔަ ސޮފްޓްވެއަރއެއްގެ ސަބަބުން ކަމަށާއި ސޮފްޓްވެއަރ ބަދަލުކޮށް އާންމުންނަށް އަވަސް ހިދުމަތްތައް ދިނުމުގެ މަސައްކަތް މިވަގުތުވެސް މިނިސްޓްރީ ތެރެއިން ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އާންމުންގެ ފަރާތުން އެންމެ ބޮޑަށް އަޑުއިވެމުންދާ ޝަކުވާއަކީވެސް މިނިސްޓްރީގެ ހިދުމަތްތައް ލަސްވަމުންދާކަމުގެ ޝަކުވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެކަން އެގޮތަށް ދިމާވި މައިގަނޑު ސަބަބަކީވެސް މީގެ ކުރީ އަހަރުތަކުގައި މިނިސްޓްރީގެ އެތެރޭގެ މަސައްކަތްތައް ހިންގާފައިވާ ގޮތުގެ ސަބަބުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިނިސްޓްރީއިން ފޯރުކޮށްދޭ ހިދުމަތްތައް ދިނުމަށް ބޭނުންކުރާ ސޮފްޓްވެއަރ ބަދަލުކުރުމަށް މިހާރުވަނީ ހަވާލުކުރެވިފައި ކަމަށެވެ. އަދި އާ ސޮފްޓްވެއަރ މެދުވެރިކޮށް އަންނަ ޖެނުއަރީ މަހުން ފެށިގެން ހިދުމަތް ދެވޭނެ ކަމަށާއި އެހިސާބުން މިހާރު އަޑުއިވެމުންމިދާ ޝަކުވާތަކަށް ނިމުމެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރުވެސް ބައެއް ހިދުމަތްތައް ލިބުމުގައި ހުރި ދަތިތައް ފިލުވައި، އާދައިގެ ވީހާވެސް ފަސޭހަ ގޮތަކަށް މިނިސްޓްރީ ތެރެއިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބައެއް ބަދަލުތައް ގެނެސްފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ދެ ހަފްތާއެއްހާ ތެރޭގައި 91،000އަށްވުރެ ގިނައިން ހިދުމަތަށް އެދި އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށައަޅާފައިވާއިރު ނުނިމި ވަނީ އެންމެ ހަތަރު އިންސައްތަ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ކުރިއާއި އަޅާބަލާއިރު  މިހާރު ހިދުމަތްތަކުގެ ސްޕީޑް އަވަސްކަން ފާހަގަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުދި ކުދި ބައެއް ފަސޭހަތައް ގެނެސްދިނުމަށްޓަކައި ބަދަލުތައް ގެނެވިފައިވާކަން ފާހަގަކުރައްވާ މިސާލެއްގެ ގޮތުން މިނިސްޓަރ ވަނީ ޖޫރިމަނާ ނުދެއްކުނު ކަމުގައިވިޔަސް މިހާރު ލައިސެންސް ނެގޭނެކަން ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: