ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިންޑިއާ އައުޓް” ނަމުގައި ފަތުރަނީ ފިތުނަ ފަސާދަ: ސަރުކާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިންޑިޔާގެ ބޮޑުވަޒީރާއިއެކު
ޝެއާރކޮށްލާ ކަހަލަދޯ؟

“އިންޑިއާ އައުޓް” ނަމުގައި ފަތުރަނީ ދޮގާއި ފިތުނަ ފަސާދަ ކަމަށް ބުނެ އެ ހަރަކާތްތައް ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ނަމުގައި ފޮރިން މިނިސްޓްރީން ނެރެފައިވާ ސްޓޭޓްމެންޓްގައި ބުނެފައިވަނީ، ރާއްޖެއާއި އިންޑިއާ ސަރުކާރާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތާއި ސިޔާދަތަށް އުނިކަން އަންނަ ކަމަށް ބުނެ، “އިންޑިއާ އައުޓް” ޝިއާރު ގެ ނަމުގައި ސޯޝަލް މީޑިއާ އާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ފެތުރުމަށް ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ދެކޮޅު ހަދާ ކަމަށެވެ.

ރާއްޖެއާ އެހެން ގައުމުތަކާ ދެމެދު އޮންނަ ބައިނަލްއަޤްވާމީ ގުޅުންތަކަކީ ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، ސަރަޙައްދީ މިނިވަންކަމަށް އެއްވެސް ބުރުލެއް ނާރާނެ އަދި އެއްވެސް ކަހަލަ އުނިކަމެއް އަންނާނެ ކަމެއް ނޫންކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގެ އެންމެ މުހިންމު އެއް ބައިލެޓަރަލް ޕާޓްނަރު އިންޑިއާއާ ގުޅޭގޮތުން ފަތުރަމުންދަނީ ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށާއި، އަދި އެކަމަކީ އިންޑިއާ އަދި ރާއްޖެއާ ދެމެދު އޮންނަ ގުޅުންތައް ހީނަރު ކުރުމަށް މަދުބަޔަކު ކުރަމުން އަންނަ ކަމެއްކަމަށްވެސް ސަރުކާރުން ދެކޭކަމަށް ވެސް ބުނެފައިވެއެވެ.

ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ބިނާވެފައިވަނީ، ދެޤައުމުގެ ދެމެދުގައިވާ ތާރީޚީ އަދި ޘަޤާފީ ގުޅުމުގެ މައްޗަށް ކަން ފާހަގަކޮށް ސަރުކާރުގެ ބަޔާނުގައި ބުނެފައިވަނީ އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރުކުރެވޭ އަވަށްޓެރި ގައުމުކަމަށެވެ.

“ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށާއި، އަވަށްޓެރި ޤައުމުތަކާއެކު އޮންނަ ގުޅުމަށް ބުރޫއަރާފަދަ ދޮގު ވާހަކަތައް ނުފެތުރުމަށާއި، ބައިނަލްއަޤްވާމީ މުޖްތަމަޢާއެކު އޮންނަ ގުޅުން ހީނަރުވާގޮތަށް ވާހަކަތައް ނުފެތުރުމަށް ދިވެހި ސަރުކާރުން ހުރިހާ ފަރާތްތަކަކަށްވެސް އިލްތިމާސްކުރަމެވެ. މިފަދަ މަޢުލޫމާތު ތައް ގެނެސްދިނުމުގައި ނޫސްވެރިކަމުގެ ޕްރޮފެޝަނަލް މިންގަނޑުތަކަށް ފުރިހަމައަށް އަހުލުވެރިވުމަށް ސަރުކާރުން މީޑިއާތަކަށް އިލްތިމާސްކުރަމެވެ.” ދިވެހި ސަރުކާރުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ބުނެފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިއާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ސައިބަރ ސެކިއުރިޓީއާއި، އިންސާނީ ވަގުފާރިފަދަ ނުރައްކާތަކުގައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ހުރިހާ ބައިވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެކަމަށެވެ. އަދި މިކަންކަމަކީ އެއްވެސް ޤައުމަކަށް، އަމިއްލައަށް ޙައްލުކުރެވޭނެ ކަންކަމެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: