ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާވެރިކަން ނިމުމަކަށް ގެނެސް ހެޔޮ ވެރިކަމެއް ގާއިމްކުރެވިއްޖެ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަނިޔާވެރިކަން ނިމުމަކަށް ގެނެސް ހެޔޮ ވެރިކަމެއް ގާއިމްކުރެވިއްޖެކަމަށް ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއިން ބުނެފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ތިން އަހަރު ފުރުމާއި ގުޅިގެން އެމްޑީޕީއިން އާންމުކުރި ބަޔާނެއްގައި ބުނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ އޭރުގައި އޮތް ހުދުމުހުތާރު ވެރިކަން ބަލިކުރައްވައި ވަރަށް ބޮޑު އަޣުލަބިއްޔަތަކުންކަން ކަމަށެވެ. އެފަދަ ކާމިޔާބެއް ޕާޓީއަށާއި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ރައްޔިތުން ދެއްވި މައިގަނޑު ސަބަބަކީ އެމްޑީޕީއިންނާއި އެއިރުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ވެވަޑައިގަތް ވައުދުތަކާއި ގެންގުޅުއްވާ ތަސައްވަރުގެ ސަބަބުންކަމަށް އެމްޑީޕިއިން ދެކެއެވެ. އަދި އަނިޔާވެރިކަމާއި ހުދުމުހުތާރު ވެރިކަމުގެ ގޮތްތަކަކުން ރައްޔިތުން މިންޖުވުމަށް ނިންމެވި ނިންމެވުމެއްގެ ސަބަބުން ކަމަށްވެސް އެމްޑީޕީއިން ބުނެއެވެ.

ރިޔާސީ އިންތިޚާބަށްފަހު 2019 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ރައްޔިތުންއެމްޑީޕީއަށް ނުހަނު ބޮޑަށް އިތުބާރުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީ ލިބިފައިވާކަންވެސް އެޕާޓީއިން ފާހަގަކުރެއެވެ. މި ސަރުކާރުގެ 3 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ގިނަ ބޮޑެތި ބަދަލުތަކެއް ރައްޔިތުންނަށާއި ރާއްޖެއަށް ގެނެސްދެއްވާފައިވާކަމަށް ބަޔާނުގައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި، ސަރުކާރުން ރައްޔިތުންނަށް ބިރުދެއްކުމާއި އަނިޔާވެރިކަން އިސްކުރުން ނިމުމަކަށް ގެނެސްފައިވާ ކަމަށާއި ޑިމޮކްރެސީއާއި ޤާނޫނުގެ ވެރިކަމަށް އަހުމިއްޔަތުކަންދެވި، ހެޔޮ ވެރިކަމުގެ ނިޒާމެއް ގާއިމްކުރެވިފައިވާކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ޖުޑިޝަރީ އިސްލާޙުކުރެއްވުމުގެ މަސައްކަތުގެ ތެރެއިން އައު ސްޕްރީމް ކޯޓެއް އައްޔަނުކުރައްވައި، ހެޔޮ ބަދަލުތަކެއް ގެންނަވަމުންދާކަންވެސް އެމްޑީޕީއިން ފާހަގަކުރެއެވެ. އަދި މިނިވަން މުވައްސަސާތަކަށް ނުފޫޒުފޯރުވުމުގެ ސަގާފަތް ބަދަލުކުރައްވައި، އެތަންތަން މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު މަސައްކަތްކުރުމަށް ސަރުކާރު ހުރަހަކަށް ނުޥާކަމަށްވެސް ބަޔާނުގައިވެއެވެ. މީގެ އިތުރުން ސިޔާސީ ޙަރަކާތްތަކަށާއި މީޑިއާގެ މިނިވަންކަމަށް ޖާގަދެވި، އެކަންކަން ކަށަވަރުކޮށްދެއްވަމުން ގެންދަވާކަމަށާއި ރައްޔިތުން ބާރުވެރިކުރުވުމަށާއި ލާމަރުކަޒުކުރުމަށް ބޮޑެތި އިސްލާޙީ ބަދަލުތަކެއް މި 3 އަހަރުގެ ތެރޭގައި ގެނެވިފައިވާކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ހަމައެއާއެކު އެމް.ޑީ.ޕީ.ގެ ސަރުކާރުގައި އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިގެންފައިވާކަން ފަޚުރުވެރިކަމާއެކު ފާހަގަކުރާ ކަމަށާއި އަދި މި 3 އަހަރުގެ ތެރޭގައި ރާއްޖެއާއި ބައިނަލްއަޤުވާމީ ދުނިޔެއާ ގުޅުން ވަރަށް ބޮޑަށް ބަދަހިވަމުންގޮސްފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކޮވިޑް-19 ގެ ބޮޑެތި ގޮންޖެހުންތަކާ އެކުވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވުމުގެ މަސައްކަތްތަކާއި މަޝްރޫއުތައް ސަރުކާރުން ބާރަށް ކުރިއަށް ގެންދަވާކަމަށް ބަޔާނުގައިވެއެވެ. އަދި ސަރުކާރުގެ ބާކީ އޮތް އަހަރުތަކުގައި ރައްޔިތުންގެ އުއްމީދުތަކާ އެއްމިންވަރަށް ކަންކަން ޙާޞިލުކުރައްވަމުން ގެންދަވާނޭކަމުގައި ޕާޓީއިން ޔަގީންކުރެއެވެ. އަދި ރައްޔިތުންގެ އުންމީދުތައް އަދިވެސް ގުޅިފައި ވަނީ އެމްޑީޕީއާއި އެޕާޓީގެ ވެރިކަމަކާއިކަމަށް ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: