ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތިމަށް ކުޅުޖެހި މީހާގެ ބަންދަށް އިތުރު 5 ދުވަސް

ހަތިމަށްކުޅޫ ޖެހުމުން އާންމުން އޭނާ ވަނީ ފުލުހުންނާއި ހަވާލުކޮށްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

އިބްރާހިމީ މިސްކިތަށް އަރާ ހަތިމަކަށް ކުޅުޖެހި ހަސަން ޒިޔާދުގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު ފަސް ދުވަސް ޖަހައިފި އެވެ.

ކްރިމިނަލް ކޯޓުން އޭނާ ބަންދު އިތުރުކުރުމަށް އަމުރުކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތާކއި ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެފައިވެއެވެ.

ހަސަން ޒިޔާދު މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ހުއްޓާ މިދިޔަ ހަފްތާގައި ވެސް އޭނާ ވަނީ މިސްކިތެއްގެ ގޯތިތެރަށް ކުޑަކަމު ގޮސްފައެވެ. ނަމަވެސް އެފަހަރު އޭނާ ހައްޔަރު ކޮށްފައެއް ނުވެއެވެ. އޭނާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ނޫން ކަމަށް ޖެންޑާ މިިނިސްޓްރީން ވަނީ ބުނެފައެވެ.

މި މީހާ ފުރަތަމަ ފަހަރަށް ހައްޔަރުކުރީ ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ މިސްކިތުބަޔާއި އަދި ރައީސް އޮފީސް ދޮރުމައްޗަށް ކުޑަކަމުދިޔަ މައްސަލައިގައެވެ. އެއީ މިދިޔަ މަހުގެ 3ވަނަ ދުވަހުއެވެ. އެފަހަރު ދެ ފަރަތެއްގެމަތިން ބަންދުގެ މުއްދަތު އިތުރުކޮށް އޭނާ ބަންދުކޮށްފައިވެއެވެ.

މައްސަލައިގެ ތަހުޤީގު ނިންމައި ދަޢުވާކޮށްދިނުމަށް އެދި، މިދިޔަ މަހުގެ 24ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުންވަނީ ފޮނުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: