ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމީކޮށް މުރައިދޫގެ ހަވާލުނުކުރިޔަސް، ރައީސް ނަޝީދު ހުންނަވާނީ މުރައިދޫގޭގައި

ސަމިޓަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންނެވުމަށްފަހު ހުންނަވާނީ މުރައިދޫގޭގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ކޮޕް 26 ސަމިޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ނަޝީދު ރާއްޖެ އިއްޔެ ވަނީ ރާއްޖެ ވަޑައިގެންފައެވެ. މުރައިދޫގެ ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ހަވާލުކޮށްފައިނުވި ނަމަވެސް ރައީސް ނަޝީދު ހުންނަވާނީ މުރައިދޫގޭގައިކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް ވަކިން ގެކޮޅެއް ހަމަޖައްސާފައިމިވަނީ މެއި މަހުގެ ހަވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއަށްފަހު މަޖިލީހުގެ އިމްތިޔާޒްތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް ގެނެވުނު އިސްލާހުތަކަށްފަހުގައެވެ. އެއިސްލާހުތަކުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަފަނޑިޔާރަށް ވަކި ގެކޮޅެއް ޚާއްސަކުރަން ޖެހެއެވެ. ރައީސް ނަޝީދަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ޚާއްސަކުރާ ގެކޮޅު ސުޕްރީމް ކޯޓު ކުރިމަތިން އޮންނަ ހުސް ބިމުގައި އިމާރާތްކުރުމަށް ނިންމާފައިވާއިރު މުރައިދޫގޭގައި ހުންނަވާނީ އެގެކޮޅުގެ މަސައްކަތްތައް ނިމެންދެނެވެ.

ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެން ރައީސް ނަޝީދު ހުންނެވީ ހޮޓެލް ޖެންގައެވެ. އެއީ މުރައިދޫގޭގައި މަރާމާތުތަކެއް ކުރުމަށްޓަކައެވެ. އެމަނިކުފާނު ހޮޓެލް ޖެންގައި ހުންނެވުމަށް ދައުލަތުން ދުވާލެއްގެ މައްޗަށް 33،000 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

އަންނަ އަހަރަަށް ދައުލަތުން ލަފާކުރާ ބަޖެޓުގައިވެސް ރައީސް ނަޝީދަށް ޚާއްސަ ގެކޮޅަށް ބޮޑު އަދަދެއް ކަނޑައަޅުއްވާފައިވެއެވެ. އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި މުރައިދޫގެއަށް ޚާއްސަކޮށް 6 މިލިޔަން ރުފިޔާ ކަނޑައަޅުއްވާފައިވާއިރު ރައީސް ނަޝީދަށް ޚާއްސަކުރާ ގެކޮޅުގެ ހުރިހާ ހަރަދެއް ކުރާނީދައުލަތުންނެވެ. މީގެ ތެރޭގައި އެގެކޮޅުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހަރަދުތައްވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: