ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ދިރިއުޅުއްވާ މުރައިދޫގެ ހުންނަ ސަރަހައްދުގައި ރަތް ރޮނގު ދަމައި ރެޑް ޒޯންއަކަށް!

މުރައިދޫގެ ހުންނަ ސަރަހައްދުގައި ރަތް ރޮނގު ދަމައި ރެޑް ޒޯންގެ ގޮތުގައި ކަނޑައަޅާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅު މުރައިދޫގެ ހުންނަ ސަރަހައްދު ރެޑް ޒޯންއަކަށް ބަދަލުކޮށްފިއެވެ.

މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އެދިވަޑައިގެންފައިވާ ގޮތަށް މުރައިދޫގެ ކުރިމަތިން އޮންނަ ސަރަހައްދު ރެޑް ޒޯންއަކަަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފްއާއި މޯލްޑިވްސް ޕޮލިސް ސާވިސް އެދިވަޑައިގަންނަވާ ކަންކަން ސިޓީ ކައުންސިލުން ކޮށްދެއްވާނެކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.

މުރައިދޫގެ ހުންނަ ސަރަހައްދު ރެޑް ޒޯންއަކަށް ބަދަލުކުރުމުން އެސަރަހައްދުގައި މަޑުކޮށްގެން ތިބުމާއި ވެހިކަލް ޕާކްކުރުންވެސް މަނާވެގެންދާނެއެވެ. އަދި އެސަރަހައްދުގައި މިހާރު ވަނީ ރަތް ރޮނގުވެސް ދަމާފައެވެ. މިއީ މާލޭގެ ވަކި ސަރަހައްދެއް މިފަދަ ގޮތަކަށް ރެޑް ޒޯންގެ ގޮތުގައި ކަނޑައެޅި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

މުރައިދޫގޭގައި ރައީސް ނަޝިދު ދިރިއުޅުއްވަން ފެއްޓެވީ ކޮޕް 26 ސަމިޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުމަށްފަހުއެވެ. މުރައިދޫގެ ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ހަވާލުކޮށްފައިނުވި ނަމަވެސް ރައީސް ނަޝީދު ހުންނަވާނީ މުރައިދޫގޭގައިކަމަށް މަޖިލީހުގެ އިދާރާއިންވެސް ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް ވަކިން ގެކޮޅެއް ހަމަޖައްސާފައިމިވަނީ މެއި މަހުގެ ހަވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއަށްފަހު މަޖިލީހުގެ އިމްތިޔާޒްތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް ގެނެވުނު އިސްލާހުތަކަށްފަހުގައެވެ. އެއިސްލާހުތަކުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަފަނޑިޔާރަށް ވަކި ގެކޮޅެއް ޚާއްސަކުރަން ޖެހެއެވެ. ރައީސް ނަޝީދަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ޚާއްސަކުރާ ގެކޮޅު ސުޕްރީމް ކޯޓު ކުރިމަތިން އޮންނަ ހުސް ބިމުގައި އިމާރާތްކުރުމަށް ނިންމާފައިވާއިރު މުރައިދޫގޭގައި ހުންނަވާނީ އެގެކޮޅުގެ މަސައްކަތްތައް ނިމެންދެނެވެ.

ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެން ރައީސް ނަޝީދު ހުންނެވީ ހޮޓެލް ޖެންގައެވެ. އެއީ މުރައިދޫގޭގައި މަރާމާތުތަކެއް ކުރުމަށްޓަކައެވެ. އެމަނިކުފާނު ހޮޓެލް ޖެންގައި ހުންނެވުމަށް ދައުލަތުން ދުވާލެއްގެ މައްޗަށް 33،000 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

އަންނަ އަހަރަަށް ދައުލަތުން ލަފާކުރާ ބަޖެޓުގައިވެސް ރައީސް ނަޝީދަށް ޚާއްސަ ގެކޮޅަށް ބޮޑު އަދަދެއް ކަނޑައަޅުއްވާފައިވެއެވެ. އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި މުރައިދޫގެއަށް ޚާއްސަކޮށް 6 މިލިޔަން ރުފިޔާ ކަނޑައަޅުއްވާފައިވާއިރު ރައީސް ނަޝީދަށް ޚާއްސަކުރާ ގެކޮޅުގެ ހުރިހާ ހަރަދެއް ކުރާނީދައުލަތުންނެވެ. މީގެ ތެރޭގައި އެގެކޮޅުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހަރަދުތައްވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: