ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިވަރުންނަށް ގެއްލުންވާ ހިސާބަށް އަރަބިއްޔާގެ ހާލަތުނުދޭ: މިނިސްޓަރު

ޝެއާރކޮށްލާ ކަހަލަދޯ؟

ރެނދު އަޅައި ގެއްލުންތަކެއް ވެފައިވާ އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި ދަރިވަރުން ކިޔެވުމަށް އަދި ނުރައްކަލެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓަރުު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

އަރަބިއްޔާ ސްކޫލުގައި ބޮޑެތި ރެދުތަކެއްލައި އިމާރާތުގެ ހާލަތާއިމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ މިދަނޑިވަޅުގައި މިނިސްޓަރ އައިޝަތު އަލީއަށް މިއަދު މަޖިލީހުގައި ކުރެވުނު ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، އިމާރާތަކީ 2013ގައި އެޅި އިމާރާތަކަށްވާއިރު، މިހާ ކުރު މުއްދަތެއްގައި ބޮޑެތި ރެދުތަކެއްލައި އިމާރާތަށް ގެއްލުންވެފައިވާކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.

މިނިސްޓްރީން މިކަމުގައި ހައުސިން މިނިސްޓްރީއާއި ގުޅިގެން އެސެސްމެންޓެއް ހެދިކަމަށާއި، ނަމަވެސް އެއަށްވުރެއް ފުޅާކޮށް ބަލަންޖެހޭ ކަމަކަށްވުމުން، މިހާރު އެ ޢިމާރާތުގެ ސްޓްރެކްޗަރަލް އެސެސްމަންޓްތަކެއް ހެދުމަށް ބަޔަކާއި ހަވާލުކޮށްފައިވާކަމަށް މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސްޓްރަކްޗަރަލް އެސެސްމަންޓް ނިމުމުން މިހާރުން މިހާރަށް އެތަަނަށް ބޭނުންވާނެ މަރާމާތުތައް އެނގިގެންދާނެ ކަމަށާއި އަދި އެ އެސަސްމަންޓް ހަދަމުންދަނީ އަންނަ ސްކޫލު ބަންދުގައި ހެދޭނެ ގޮތަށް ރާވަން ވަރަށް ބާރަށް ކަމަށެވެ.

އޭގެ އިތުރުން އެ އެސެސްމަންޓްގައި ކޮންކްރިޓްގެ ސްޓްރެންތު ފަދަ ކަންކަން ބަލަން ރާއްޖެއިން ބޭރަށް ވެސް ފޮނުވައިގެން ކަންކަން ބަލަން ޖެހޭ ކަމަށާއި އެހެންކަމުން އެކަމަށް ދެ މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: