ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުވާ ކުރިޔަސް އިސްތިއުފާ ނުދޭނަން: މަހުލޫފް

ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ދައުވާކުރި ނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފްގެ މައްޗަށް މިއަދު ދައުވާކޮށްފައިވާ ކަން ޕީޖީ އޮފީހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. މަހްލޫފްގެ މައްޗަށް ދައުވާކުރީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ.

އެކަމާ ގުޅިގެން މަހުލޫފް މިރޭ ވިދާޅުވީ މިއީ ކަނޑައެޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްގެ ވަރަށް ޒާތީ ނިންމުމެއް ކަމަށެވެ. މަހުލޫފް ވަނީ ޕީޖީ ޝަމީމް އާއި ޔޫތް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުންނެވި އަޒްމޫން އާއި ދެމެދު ދައްކާފައިވާ ޗެޓްލޮގުތަކެއް ވަނީ ހާމަކުރައްވާފައެވެ.

“ޝަމީމްގެ ފޮތުގައި އޮންނަގޮތުން ދައުވާ ކުރުމަށް ނިންމަނީ އަޅުގަނޑު “ފުއްޕާވަރަށް އަދި ސައިޒުވާ” މިންވަރުގެ މައްޗަށް” މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް މީގެ ކުރިން ވިދާޅުވީ ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމަަށް މި މައްސަލައިގައި ސިޔާސީ ނުފޫޒުތަކެއް ފޯރުވަމުންދާކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާއާއި މެދު ހުރިހާ އިދާރާއަކުން ވެސް އަމަލު ކުރަނީ ތަފާތުކޮށް ކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގައި މަހުލޫފް ބުނީ، އެސްއޯއެފާއި އެކު އޭނާ ހިންގާފައިވަނީ ސައްހަ މުއާމަލާތެއް ކަމަށެވެ. ދައުވާ ކުރަން ފޮނުވާފައިވާތީ ހިތްހަމަ ނުޖެހުން ފާޅުކޮށް މަހުލޫފް ބުނީ އޭނާއަކީ “ކަތިލާ ކަންބަޅިއަކަށް” ހަދާފައިވާ ކަމަށެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވާފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: